“އައްސަވަމުން ތިޔަގެންދަވަނީ ލަވަފޮށި ލައިވް ރޭޑިއޯ” ގެ ނަމުގައި ރާއްޖޭގަައި އުފެއްދި ފުރަތަމަ މިއުޒިކް ސްޓްރީމިން އެޕް “ލަވަފޮށި”ން މިދުވަސްކޮޅު ކުރަމުން އަންނަ ތަފާތު ޓްވީޓްތައް ދުށިންދޯއެވެ.
“ލަވަފޮށި” އެޕްން ހަފުތާގެ ހަތްދުވަހު، ސައުވީސްގަޑިއިރު ލަވަ ފޮނުވާ 9 ރޭޑިޔޯ ސްޓޭޝަން ގެނެސްދޭން ފަށާފައިވާކަން އެނގޭދޯއެވެ. އެމީހުން ނުވަ ރޭޑިއޯ ސްޓޭޝަން ގެނެސްދޭން ފެށީ ދުނިޔޭގެ ރެޑިޔޯގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. “އައްސަވަމުން ތިޔަގެންދަވަނީ ލަވަފޮށި ލައިވް ރޭޑިއޯ” އަކީ ލަވަފޮށި ރޭޑިއޯ އަށް އެމީހުން ބޭނުންކުރާ ޓެގްލައިނެކެވެ.
“ލަވަފޮށީ” ގެ އޮފިޝަލެއް ބުނީ ދުނިޔޭގެ ކޮންމެތާކު ހުރެގެންވެސް ދިވެހި ފަންނާނުންގެ އަޑު، “ލަވަފޮށި”ން ގެނެސްދޭން ފަށާފައިވާ ރޭޑިޔޯ ސްޓޭޝަންތައް މެދުވެރިކޮށް އަޑު އަހާލެވޭނެ ކަމަށެވެ.
ލަވަފޮށި ރޭޑިއޯ ޝަޓޭޝަންތައް މެދުވެރިކޮށް ކުރީގެ އަދި މިހާރުގެ ދިވެހި ލަވަ އާއި މިއުޒިކް ހައި ކޮލިޓީގައި، 24 ގަޑިއިރު މޮބައިލް ފޯނުން އަޑު އަހާލެވޭނެ އެވެ. އެގޮތުން ތަފާތު ކެޓަގަރީތަކަށް ބަހާލެވިފައިވާ މި ސްޓޭޝަންތަކުން ކްލެސިކް، ރެޓްރޯ، ރޮކް، މަދަހަ، އަދި މިނޫންވެސް ތަފާތު އެކި ރަހަތައް ހިމަނާފައިވެއެވެ.
#Assavamunthiyagendhavany
Lavafoshi Live Radio 📻🎶Introducing 24/7 live radio stations on #Lavafoshi
Get the new update: https://t.co/mVxBBHSAMZ pic.twitter.com/cTnDXxH6Px
— lavafoshi (@lavafoshi) February 13, 2019
ދިވެހި މިޔުޒިކާއި ދިވެހި ލަވަޔަށް ޚާއްސަކޮށްގެން އުފެއްދި މިޔުޒިކް ސްޓްރީމިންގ އެޕްލިކޭޝަން “ލަވަފޮށި” އިފްތިތާޙްކޮށްފައިވަނީ 15 އޯގަސްޓް 2017 ގައެވެ.
