ސްޕެއިންނާއި ޔޫރަޕްގެ ގަދަބާރެއް ކަމުގައިވާ ރެއާލް މެޑްރިޑުގެ އާ ކޯޗު ޒައިނުއްދީން ޒިދާން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ޗެލްސީގެ ފޯވާޑް އެޑެން ހަޒާޑް އާއި ޕީއެސްޖީގެ އުއްމީދީ ފޯވާޑް ކީލިއަން އެމްބާޕޭގެ އިތުރުން ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާގެ އިތުރުން އެންގޯލޯ ކާންޓޭ ހިމެނިއްޖެއެވެ. މި ހަތަރު ކުޅުންތެރިންގެ އިތުރުން އިނގިރޭސި ކުލަބު ޓޮޓެންހަމްއަށް ކުޅެމުން އަންނަ ޑެންމާކްގެ އެޓޭކިން މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަންވެސް ހިމެނެއެވެ.
މިވަގުތު ދުނިޔޭގައި ގުނާލެވޭ މޮޅެތި އެތަކެއް ކުޅުންތެރިންތަކެއް ޒިދާންގެ ލިސްޓުގައި ހިމަނާފައިވާކަމަށް ރިޕޯޓްތަށް ބުނާއިރު، ޒިދާން ރެއާލް މެޑްރިޑާއި ގުޅިފައިވަނީ ވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަށް ގިނަ ޝަރުތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި ވަރުގަދަ ކުޅުންތެރިން ޓީމުގައި ހިމެނުމާއި ކުލަބުގެ އެއްވެސް ނުފޫޒެއް އޭނާގެ މައްޗަށް އޮވެގެން ނުވާނެކަމަށްވެސް ޝަރުތުކޮށްފައިވާކަމަށް ރިޕޯޓްތަށް ބުނެއެވެ.
ކުރިން ބަޔާން ކުރެވުނު 5 ކުޅުންތެރިންގެ އިތުރުން ޒިދާން ބޭނުންވާ އިތުރު ކުޅުންތެރިންތަކެއްވެސް އެބަތިކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެެއެވެ. އޭގެ ތެރޭގައި އިންޓަރމިލާންގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ އާއި ޔުވެންޓަސްއަށް ކުޅެމުންނަ ޕައުލޯ ޑިބާލާވެސް ހިމެނޭކަމަށް ރިޕޯޓުގައިވެއެވެ.
ރެއާލްގެ ތާރީހުގައިވެސް އެންމެ ކާމިޔާބުކޯޗު ޒިދާން ރެއާލް ދޫކޮށް ދިޔައީ ޔޫރަޕްގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު މުބާރާތް ޔޫއެފާ ޗެމްޕިއަންސްލީގުގެ ތަށި ޖެހިޖެހިގެން ތިންފަހަރު ރެއާލްއަށް ހޯދަދީފައެވެ.
ޒިދާންއަލުންއެނބުރިރެއާލްއާއިގުޅުނުއިރު،އޭނާއެކުލަބުގައި 2022 ވަނައަހަރާއިހަމައަށްމަޑުކުރާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




