ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަދަބީ ގައުމީ މުބާރާތްތަކުގެ ފަނޑިޔާރުންގެ ދަފްތަރެއް އެކުލަވައިލަނީ

ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތުގެ ފަނޑިޔާރުކަންކުރާނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމަށް ޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން އެކުލަވައިލާ މި ދަފްތަރަކީ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމަށްޓަކައި އެކުލަވައިލާ ދަފްތަރެކެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ  ގައުމީ ފެންވަރުގައި ވާހަކަދެއްކުމުގެ މުބާރާތްތަކާއި ބަހުސް މުބާރާތްތައް ފަނޑިޔާރުކަން ކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް މި ދަފްތަރަށް ނަން ހުށަހެޅިދާނެ ކަމަށެވެ.

ފަނޑިޔާރުން ހޮވުމުގައި ބަލާނެ މިންގަނޑުތައްވެސް އެކެޑަމީންވަނީ އާއްމުކޮށްފައެވެ. އެގޮތުން ތަޢުލީމީ ފެންވަރު، ފަނޑިޔާރުކަން ކޮށްފައިވާ މުއްދަތު، ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތު ގެ އިތުރުން ދާއިރާއިން ހޯދައިފައިވާ ކާމިޔާބީތައް ހިމެނަން ޖެހެއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ ފޯމުހުށަހަޅާނީ [email protected] އަށް ކަމަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2019 މާރިޗު 26 ވާ އަންގާރަ ދުވަހުގެ މެންދުރު 1:30 އަށް ކަމަށް  ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top