މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލެއް ތައްޔާރުކޮށް، އެ ދެލިކޮޕީއަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައެޅި، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރުބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލުގެ ދެލި ކޮޕީ ތައްޔާރުކޮށް ނިންމަވާފައި ވާކަމަށެވެ.

މިނިސްޓްރީން ތައްޔާރުކުރައްވާފައިވާ ބިލާއި ބެހޭގޮތުން ޚިޔާލެއް ފާޅުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ ފޯމެއް ވަނީ އާއްމުކުރައްވާފައެވެ. އެގޮތުން މި ލިންކުގައިވާ ފޯމް ފުރުއްވުމަށް މިނިސްޓްރީން އެދިލައްވައެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ވިދާޅުވީ ޚިޔާލު ބަލައިގަންނާނީ 20 މާރިޗު 2019 – 28 މާރިޗު 2019 ގެ ނިޔަލަށް ކަމަށެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރީން ވީހައި ގިނަ އާންމުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ބޭނުންވާކަމަށް ވިދާޅުވެއެވެ.

މުނިއަވަސްގެ މި ލިންކުން ވެސް ހެރިޓޭޖް ބިލް ޑައުންލޯޑްކޮށްލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.