ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނަފްރަތުވުމުން”ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖެހިއްޖެ

މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ޕްރޮޑަކްޝަން ހައުސް ‘ޔޫއްޕެ ޕްރޮޑަކްޝަނުން’ އުފައްދާފައިވާ ދިވެހި ފިލްމު “ނަފްރަތުވުމުން“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖެހިއްޖެ އެވެ.

“ނަފްރަތުވުމުން”ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖެހުނީ މިއަދު ހެނދުނު އެވެ. އެހެންކަމުން ‘ނަފްރަތުވުމުން’ ޕްރޮމޯޓް ކުރުމަށް މުނިއަވަސް އިން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ސިނަމާތަކުގައި ކާމިޔާބުކަމާއެކު ދައްކަމުން އަންނަ މެގަހިޓް ފިލްމު “ފޯޓީ ޕްލަސް”ގެ ވެސް ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

https://www.facebook.com/339378213523463/videos/288910798472509/

“ފޯޓީ ޕްލަސް”ގެ އިތުރުން، 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު ދެވަންސޫރައިގެ މީޑިއާއެއްގެ ގޮތުން ވެސް މުނިއަވަސް އިންވާނީ ކާމިޔަބު މަސައްކަތްތަކެއް ކޮށްދީފައެވެ. މީގެ އިތުރުން، މިއަހަރު ސިނަމާއަށް އައުމުގެ މަގުމަތީގައި އޮތް ފިލްމު “ކާކު؟”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަމާއި “މީ ޕްރޮޑަކްޝަން”ގެ އުފެއްދުންތަކުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް މުނިއަވަސް އަށްވަނީ ލިބިފައެވެ.

މުނިއަވަސް އަކީ ދިވެހި ފަންނާނުންގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމާއި އެފަދަ އުފެއްދުންތަކުގެ ޚަބަރާއި މަޢުލޫމާތު، އެންމެ ޞައްޙަކޮށް، އެންމެ އަވަހަށް އަދި އެންމެ ތަފްޞީލުކޮށް ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ އޮންލައިން މެގަޒިންއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top