ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަވީ އާއި ރިޝްމީ މިއަދު ކައިވެނިކޮށްފި

މަޝްހޫރު ފިލްމީ ތަރި އާއިޝަތު ރިޝްމީ އާއި ރަވީ ފާރޫޤު މިއަދު ހަވީރު ކައިވެނީގެ މަތިވެރި ގޮށުން ބަނދެވިއްޖެއެވެ.

ރިޝްމީ އާއި ރަވީ ކައިވެނިކޮށްފައިވަނީ ދެފަރާތުގެ ޢާއިލީ މެންބަރުންނާއި ގާތް ބައެއް ރައްޓެހިންގެ ހާޒިރުގައި މީޑިއާއާއި ގިނަ ބަޔަކަށް ސިއްރުންކަން ފާހަގަކޮށްލެވެއެވެ.

ރިޝްމީމެންގެ ކައިވެނި މިއަދު ހަވީރު ކުރެވުނުކަން ރިޝްމީގެ މަންމަ އައިންތުގެ ރައްޓެއްސެއްގެ ފަރާތުން މުނިއަވަސް އަށް ވަނީ ޔަޤީންވެފަ އެވެ.

ފިލްމީ ޖޯޑު ރިޝްމީ އާއި ރަވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ފާއިތުވެފައިވާއިރު ދެ ތަރިން އެކިއެކި ހަފުލާތަކުން ފެންނަނީވެސް އެއްކޮށެވެ.

ރިޝްމީ އަށް މެންޝަންކޮށް މީހަކު ކޮށްފައިވާ އިންސްޓަގްރާމް ފޮޓޯއެއް

މިއީ ރިޝްމީގެ ދެވަނަ ކައިވެންޏަށް ވާއިރު ރަވީގެ ތިންވަނަ ކައިވެންޏެވެ. ރިޝްމީގެ ފުރަތަމަ ކައިވެންޏަށް ދަރިއަކު ލިބިފައިވާއިރު ރަވީއަށް ދެ ދަރިން ލިބިފައިވެއެވެ.

މިއަދަކީ ދިވެހި ފިލްމީ ދުނިޔެއަށް ތާރީޚީ ދުވަހެއްކަން ފާހަގަކޮށްލެވެއެވެ. ވަކިން ޚާއްޞަކޮށް ރިޝްމީގެ ހަޔާތާއި ގުޅުންބޮޑު ދުވަހެކެވެ. އެގޮތުން ރިޝްމީގެ ކައިވެނީގެ އިތުރުން ރިޝްމީގެ އެއްބަނޑު ކޮއްކޮ މަރިޔަމް އައްޒަ ދެން އެންމެ އަވަހަށް ފެންނާނެ ފީޗާ ފިލްމު “ނަފްރަތުވުމުން” އަންނަ އޭޕްރީލް މަހު ނުވައެއްގަ އެވެ. މީގެ އިތުރުން ރިޝްމީގެ ފުރަތަމަ ފިރިމީހާ، ފިލްމީ ތަރި އަޒްމީލް އަށް މިއަދު އެންސީއޭގެ އެގްޒެކްޓިވް ޑިރެކްޓަރުކަން ދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކަވަރ ފޮޓޯ: ރިއްފަތު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top