މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދު ގެ ވީޑިއޯ ލަވައެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް އޭނާ ބުނެފިއެވެ.
ވަރަށް ތަފާތު ހުނަރުވެރި ގޮތަކަށް ހަމޫދު ކިޔާފައިވާ ”ޝައްކު“ ލަވައިގެ ވީޑިއޯއިން ފެންނާނީ އެއްވެސް ޝައްކެއް ނެތްގޮތުގައި ހަމޫދު އެވެ. ހަމޫދުގެ ބައިވެރިއެއްގެ ގޮތުގައި މި ލަވައިން ފެންނާނީ ހުނަރުވެރި އެކްޓްރެސް ރިޝްފާ ކަމަށް ހަމޫދު ބުނެއެވެ.
ލަވައާއިބެހޭ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ޒުވާން ލަވަކިޔުންތެރިޔާ ހަމޫދު ބުނީ މި ލަވައިގެ 99 އިންސައްތަހެން ހުރިހައި ބީޓްތަކަކީ ’ބީޓްބޮކްސް‘ ކޮށްފައިވާ ބީޓްތަކެކެވެ. ބީޓް ބޮކްސަރ އަކީ އަކްރަމް އެވެ.
މުސްތާޤް ޕްރޮޑިއުސްކޮށް އުފައްދާ، ރިލީޒްކުރުމަށް ނިންމާފައިވާ ”ޝައްކު“ މި ލަވަ އަކީ ދިވެހި ލަވައެއް ނަމަވެސް އެތަކެއް ބަސްތަކަކުން ވަރަށް މޮޅަށް ހަމޫދު ކިޔާފައިވާ ތަފާތު ބައެއްވެސް މި ލަވައިގައި ހިމެނެ އެވެ.
”ޝައްކު“ ލަވައިގެ ޕްރޮޑިއުސަރ މުސްތާޤް އާއި އެކުގައި މީގެ ކުރިންވެސް ހަމޫދު މަސައްކަތް ކޮށްފައިވެއެވެ. އެއީ ”އޭނީ ލޯބި“ ގެ ކަވަރ އެކެވެ. މިވަގުތު ބައިސްކޯފުން އެ ލަވަ އަޑުއަހައިލެވޭނެކަމަށް ހަމޫދު ބުންޏެވެ.
”ޝައްކު“ މި ލަވަ އަކީ ހަމޫދުގެ ލަވައެއް ކަމަށްވާ ”ނުއެއް ވާނެ“ ނެރުނުތާ ހަފުތާއެއް ތެރޭގައި ނެރެން އިޢުލާނުކުރި މުޅިން އާ ލަވައެއް ކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



