މެގަހިޓް ފިލްމު “ފޯޓީ ޕްލަސް”ގެ ލާނެތް، ހެއްވާ މަޖާ ކަންތައްތައް ނ. އަތޮޅު ތިން ރަށެއްގައި ދެއްކުމަށް ދިވެހި ފިލްމީ ދުނިޔޭގެ ރާނީ ނިޢުމާ މުޙައްމަދާއި ޢަލީ ޝާހިދު (ސްޓެޕް އައްޔަ) މާދަމާ އެ އަތޮޅަށް ދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

އަތޮޅުތެރޭގައި މި ހަފުތާ ބަންދާ ދިމާކޮށް “ފޯޓީ ޕްލަސް”ގެ ގިނަ ޝޯ ތަކެއް ދެއްކުމަށް ނިންމާފައިވާއިރު، ނ. މަނަދޫ ގައި މި ފިލްމު ދައްކާނީ މިމަހު 28 ވަނަ ދުވަހުގެރޭގަ އެވެ. ނ. ކެނދިކުޅުދޫގައި ފިލްމު އަޅުވަް ހަމަޖެހިފައިވަނީ މިމަހު 29 ވަނަ ދުވަހުގެރޭގަ އެވެ. މިމަހު 30 ވަނަ ދުވަހުގެ ރޭ “ފޯޓީ ޕްލަސް” ދެއްކުމަށް ހަމަޖެހިފައިވަނީ ނ. މިލަދޫގައެވެ.

ރަށްރަށުގައި “ފޯޓީ ޕްލަސް” ދެއްކުމުގެ އިންތިޒާމުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނީ ނ. އަތޮޅުގެ ތިން ރަށުގައި ފިލްމު ދެއްކުމަށްވެސް ނިޢުމާ ދާނެކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރު އިސްމާޢީލް ޝަފީޤް މުނިއަވަސް އަށް އިއްޔެ ބުނީ، ނ. އަތޮޅުގައި “ފޯޓީ ޕްލަސް” ދެއްކުމަށް ޚާއްޞަ މެހެމާނެއްގެ ގޮޮތުގައި ނިޢުމާ ދާނެ ކަމަށެވެ.

“ވަރަށް ފޯރީގަ ނ. އަތޮޅު ތިން ރަށުގަވެސް ޓިކެޓް ވިއްކުމުގެ ހަރަކާތްތައް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބޭ.” ސްޓެޕް އައްޔަ ބުންޏެވެ.

މި ހަފުތާ ބަންދުގައި އަތޮޅު ތެރޭގެ އަށް ރަށެއްގައި ‘ފޯޓީ ޕްލަސް” ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

ހަފުތާ ބަންދާއި ދިމާވާގޮތަށް އަތޮޅު ތެރޭގައި ”ފޯޓީ ޕްލަސް“ ދެއްކުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތާވަލަށް ބަލައިލާއިރު:-

އއ. ރަސްދޫ – 29 މާރިޗް

ދ. ހުޅުދެލި – 28 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ ޢަލީ ސީޒަން)

ހއ. ދިއްދޫ – 28 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)

ހއ. އުތީމު – 29 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)

ހއ. ވަށަފަރު  – 30 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)

ނ. މަނަދޫ – 28 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު އާއި އެކްޓަރ ޢަލީ ޝާހިދު)

ނ. ކެނދިކުޅުދޫ – 29 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު އާއި އެކްޓަރ ޢަލީ ޝާހިދު)

ނ. މިލަދޫ – 30 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު އާއި އެކްޓަރ ޢަލީ ޝާހިދު)

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަހަރުގެ ބޮޑު ފިލްމު އަތޮޅުތެރޭގެ އިތުރަށް، މިމަހު 28 އަދި 29 ގައި މާލޭގައި ވެސް ޚާއްޞަ ދެ ޝޯ ދައްކާނެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އުފެއްދި ހޮރޯ ކޮމެޑީ ފިލްމެވެ.

މާލޭގެ ޝޯ ތަކަށް ޓިކެޓް ހޯދުމަށް 7384040 އަށް ގުޅުމަށް ”ފޯޓީ ޕްލަސް“ގެ ޓީމުން އެދެއެވެ.

”ފޯޓީ ޕްލަސް“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.