މާރިޗް ފަހަކުން ފެށިގެން ކާމިޔާބުކަމާއެކު އޮލިމްޕަހާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ދައްކަމުން އަންނަ މެގަހިޓްފިލްމު “ފޯޓީ ޕްލަސް” އޮލިމްޕަހުގައި ދައްކާނެ އެންމެ ފަހު ޝޯ އޮންނާނީ މިރޭ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އުފެއްދި ހޮރޯ ކޮމެޑީ މާލޭގައި ދައްކާ އެންމެ ފަހު ޝޯ މިރޭ އޮންނައިރު، އަތޮޅު ތެރޭގެ ބައެއް ސަރަހައްދު ތަކުގައި “ފޯޓީ ޕްލަސް“ގެ ފޯރި ވަނީ ވަރަށް ބޮޑަށް ހިފާފައެވެ. އެގޮތުން މިމަހު 28 ން 30 އާއި ދެމެދު ގިނަ ޝޯތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ނ. މަނަދޫ، ދ. ހުޅުދެލި އަދި ހއ. ދިއްދޫ ގައި މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ކާމިޔާބު ޝޯތަކެއް ބާއްވާފައި ވެއެވެ. މަނަދޫގައި ފިލްމު ދެއްކުމަށް ދިޔައީ ދިވެހި ފިލްމީ ދާއިރާގެ ރާނީ ނިޢުމާ މުޙައްމަދު އާއި އެކްޓަރ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ. ދ. ހުޅުދެއްޔަށް ފިލްމު ދެއްކުމަށް ދިޔައީ މަޝްހޫރު އެކްޓަރ ޢަލީ ސީޒަން އެވެ. ހއ. ދިއްދޫގައި ފިލްމު ދެއްކުމަށް ދިޔައީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް އެވެ.

އަތޮޅު ތެރޭގައި މިރެއާއި މާދަމާ ރެއަށްވެސް ޝޯ ތަކެއް ރޭވިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. އެގޮތުން:-

ނ. ކެނދިކުޅުދޫ – 29 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދު އާއި އެކްޓަރ ޢަލީ ޝާހިދު)

އއ. ރަސްދޫ – 29 މާރިޗް

ހއ. އުތީމު – 29 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)

ހއ. ވަށަފަރު  – 30 މާރިޗް (ފިލްމު ދެއްކުމަށް ދާނީ މަޝްހޫރު އެކްޓަރ މުޙައްމަދު ފައިސަލް)

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަހަރުގެ ބޮޑު ފިލްމު މާލެއިން ބަލަން ބޭނުންވާ ފަރާތްތަކުން ޓިކެޓް ހޯދުމަށް 7384040 އަށް ގުޅުމަށް “ފޯޓީ ޕްލަސް“ގެ ޓީމުން އެދެއެވެ.

އޮލިމްޕަހުގެ ޝޯ ތަކަށްފަހު، އޭޕްރީލް މަހު ހުޅުމާލޭގައި “ފޯޓީ ޕްލަސް” ދެއްކުމަށް ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ފޯޓީ ޕްލަސް“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.