ކަނޑުތަކުގެ ހިމާޔަތުގައި މަސައްކަތްކުރަމުން އަންނަ އުމުރުން 36 އަހަރުގެ ބެތު ނީލް، ދެކުނު އެފްރިކާގެ ފުން ފެންގަނޑެއްގައި މާމެއިޑް ނިގުލެއް ޖަހައިގެން ފީނަމުންދާ ވީޑިއޯއެއް ވައިގައި ހިފައިގެން އުޅޭކަން އެނގޭހެއްޔެވެ؟
މި ވީޑިއޯ ކްލިޕުން ފެނިގެންދަނީ އެންމެ ކުޑައިރުން ފެށިގެން ބެތު ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހަދައި، ފެންގަނޑުގައި މާމެއިޑެއް ފަދައިން، ވައިފުޅި ބޭނުންނުކޮށް އެތައް އިރެން ވާންދެން ފީނަމުންދާ މަންޒަރެވެ. ބެތު ފީނާފައިވާ ސަރަޙައްދުން އަޑިއަށް ގޮސްފައިވާ އުޅަނދުފަހަރު ފެންނަމުންދާއިރު ބޮޑު މަހަކާއި އެކުގައި ވެސް އޭނާ ފީނާ މަންޒަރު ފެނެއެވެ. މީގެ އިތުރުން ބެތުގެ އުފަންދުވަސް ފާހަގަކުރުމަށް ވައި ބޮތްކެއް އޭނާގެ އަނގައިން ބޭރުކޮށްލާ މަންޒަރުވެސް ފެނެއެވެ.
މިއީ މިއަހަރު ފެބްރުއަރީ 15 ގައި ކޮށްފައިވާ ވީޑިއޯ އެކެވެ. ބެތު ފީނާފައިވަނީ ދެކުނު އެފްރިކާގެ ހުޅަނގު އުތުރުގައި އޮންނަ ފެންގަނޑެއްގައެވެ.
“އަހަރެން ކުޑައިރު، މޫދުގައި އެތަކެއް ގަޑިއިރެއް ހޭދަކޮށްލަން އަހަންނަކީ މާމެއިޑެއްކަމަށް އަމިއްލައަށް ހީކޮށްލައިގެން އެ ހުވަފެނުގަ.” އިރުދެކުނު އެފްރިކާގެ އައްސޭރިފަށުގައި އޮންނަ ޑާރބަން ސިޓީއަށް ނިސްބަތްވާ ބެތު ބުންޏެވެ.
“އަހަރެން ސްކޫލު ނިންމާފަ، އާއިލީ ދަތުރެއްގަ މުސިންބީ (މޮޒަންބީކް)ގެ ‘ޕޮންޓަ ޑޯ އޫރޯ’ އަށް ގޮސް ސްކޫބާ ޑައިވްކުރަން (ފުޅި އަޅައިގެން ފީނަން) ދަސްކުރިން. އޭރު އަހަންނަށް ކަނޑުއަޑީގެ ދުނިޔެ ދެކެ ޙަޤީޤީ ލޯބި ވެވުނު.” ކަނޑުގެ މާހައުލަށް އިންތިހާއަށް ލޯބިކުރާ ބެތު ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!