މިމަހު 9 ވަނަ ދުވަހު ރިލީޒްކޮށްފައިވާ ދިވެހި ފިލްމު “ނަފްރަތުނުމުން” އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ކުރިއަށް އޮތީ ފިލްމުގެ އެންމެ ފަހު ތިން ޝޯ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ބުނެފިއެވެ.

ލޯބީގެ ފިލްމު ބެލުމަށް ލޯބިކުރާ އޯޑިއަންސަށް އަމާޒުކޮށް ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ ތިނެސްކަން ލޯބީގެ ފިލްމަށް ބެލުންތެެރިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، ފިލްމުގެ ކާސްޓުންގެ އެކްޓިން އާއި ފިލްމުގެ ވާހަކައާއި ޑައިރެކްޝަނަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ކާމިޔާބު ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ “ނަފްރަތުވުމުން” ފެނިގެންދަނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮންއައްޔަ) އަހުމަދު އީސާ އާއި ޔޫއްޕެ އެވެ.

ފިލްމުގެ ފުރަތަމަ ޝޯއަށްފަހު، ފިލްމުގެ ތިން ތަރިންގެ ހުނަަރަށް ވެސް މީހުން ތައުރީފު ކުރި އެެވެ. ހާއްސަކޮށް އައްޒަ ދައްކުވައިދިން ހިތާމަވެރި މަންޒަރުތަކަށް ބޮޑު ތަޢުރީފެއް ލިބިގެން ދިޔައެވެ.

ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ ފިލްމުން ރަނގަޅަށް ސާބިތުކޮށްދޭ އަސަރުގަދަ ލޯބީގެ ފިލްމެއް ބަލައިލުމަށް މިއީ އެންމެ އެކަށޭނަ އެއް ފިލްމެވެ. ފިލްމުގެ ވާހަކަ އަކީ ޔޫއްޕެ ލިޔުނު ވާހަކައެކެވެ. ވާހަކަ ބިނާ ކޮށްފައި ވަނީ މިއަދުގެ މުޖުތަމުއުގެ ތެރޭގައި ވަރަށް ބޮޑަށް އާންމު ވެފައިވާ މައްސަލައެއްގެ މައްޗަށެވެ.

“ނަފްރަތުވުމުން”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.