މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރީތި މަދަހަ ތަކެއް ހުށައަޅައިދެމުން އަންނަ ޝަލަބީ އިބްރާހިމްގެ “ހިދާއީ ނޫރު” ގެ ތިން ވަނަ މަދަހަ އަލްބަމް ނެރެފިއެވެ. މަދަހަ އަލްބަމް ނެރެދެއްވީ އިއްޔެ މާގިރި ހޮޓެެލްގައި ބޭއްވި ކުޑަ ހަފުލާއެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ބައިސްކޯޕް އެޕްލިކޭޝަން މެދުވެރިކޮށް ރޯދަ މަހުގެ ފަހު 10އާ ދިމާކޮށް ނެރުނު އެއަލްބަމް މިހާރު ބައިސްކޯފުން އަޑުއަހައިލެވޭނެ އެވެ. “ހިދާއީ ނޫރު 3” ގައި އަމިއްލަ ރާގުގެ ހަތް މަދަހަ ހިމެނެއެވެ.
މި މަދަހަ އަލްބަމަކީ ޝަލަބީ އާއި، ހައުސް އޮފް މިއުޒިކް އާ ގުޅިގެން ނެރުނު އަލްބަމެކެވެ. މި އަލްބަމްގެ މަދަހަތަކުގެ ޅެން ހަދާފައިވަނީ ޓީވީއެމްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވާ ނަސްމާ އަބްދުލް މުހުސިންގެ އިތުރުން އަހުމަދު ޝަރީފެވެ.
މި މަދަހަ އަލްބަމުގެ ހުރިހައި މަދަހަ ތަކަކީވެސް މިއުޒިކާއި ނުލައި ކިޔާފައިވާ ވަރަށް ހިތްގައިމު، އިބްރަތްތެރި މަދަހަ ތަކެކެވެ. ބައިސްކޯފުން މި ރަމަޟާންމަހު “ޢާލަމް”ގެ ނަމުގައި ވެސް މަދަހަ އަލްބަމެއް ނެރެފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!