ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަޠަލާ ޝިފާގެ ފިރިމީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

ދިވެހި ފިލްމު ‘ފޯޓީ ޕްލަސް’ އާއި ‘ދެވަންސޫރަ’އިގެ ބަޠަލާ މަރިޔަމް ޝިފާގެ ފިރިމީހާ މުޙައްމަދު ޠަލާލް ރޭގެ ވަގުތެއް ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.

މުޙައްމަދު ޠަލާލް ގެ މައްޗަށް ކަށުނަމާދުކުރުމާއި އޭނާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ވަނީ ބާއްވާފައެވެ.

މަރިޔަމް ޝިފާ އަށް މި ލިބުނު ފުން ހިތާމައިގައި، މުނިއަވަސް ގެ އެންމެހައި ކިޔުންތެރިންނާއި މުނިއަވަސްގެ ލިޔުންތެރިން ބައިވެރިވަމެވެ. މައްޔިތާއަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދި މާތްﷲ ގެ ހަޟްރަތުގައި ދަންނަވަމުއެވެ.

މ. އޮޅުގިރި މުޙައްމަދު ޠަލާލް އާއި ޝިފާ ކައިވެނިކުރީ 2018 ވަނަ އަހަރު އެވެ. ޠަލާލް ނިޔާވިއިރު އުމުރަކީ އެންމެ 24 އަހަރެވެ. މި ދެމަފިރިންނަށް ވަނީ ދަރިއަކުވެސް ލިބިފައެވެ.

ޠަލާލްގެ މަރާއި ގުޅޭ ގޮތުން ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ޝައްކު ކުރެވެނީ ކޮންކަހަލަ ހެކިތަކެއް ފެނިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top