ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަވަތި”ގެ ޕްރޮމޯ ލަވައިގެ ޓީޒާ ދައްކާލައިފި

ފީޗާ ފިލްމަކުން އަލަށް ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދުގެ ފިލްމު ”ބަވަތި”ގެ ޕްރޮމޯ ލަވައިގެ ޓީޒާ ދައްކާލައިފި އެވެ. ”ބަވަތި”ގެ ދެ ޓީޒާއެއް މިހާރު ރިލީޒްކޮށްފައި ވާއިރު ފިލްމުގެ އާ ދެ ޕޯސްޓަރެއް ވެސް ވަނީ އާއްމު ކޮށްފައެވެ.

ފިލްމު ”ބަވަތި”ގެ ތަރިންނަކީ ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ. ފިލްމު ”ބަވަތި”ގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެކެވެ. ނުޒޫ ފިޔަވައި މި ފިލްމުން މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިންކަމަށް ޑައިރެކްޓަރ އިލްޔާސް ބުންޏެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރަނީ އިލްޔާސް ވަހީދު އެވެ. ”ބަވަތި”ގައި ކިޔައިދޭނީ ކައިވެނިކޮށް، ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކުރާ ޒުވާން އަންހެނަކަށް ދިމާވާ ހާދިސާތަކެއް ކަމަށް ޑައިރެކްޓަރ ބުނެއެވެ.

https://www.facebook.com/349152015708227/videos/307493250193526/

ފިލްމު ޕްރޮޑިއުސް ކުރަނީ އާސިމް އަލީ އާއި އަހުމަދު ވަހީދުގެ އައި ފިލްމްސް އިން ނެވެ. ބަވަތި” ކެމެރާމަނަކީ މިހާތަނަށް އެތައް ފިލްމެއް ކެމެރާކޮށް، އެވޯޑް ވެސް ހޯދާފައިވާ އަދި ދިވެހި ސިނަމާގެ އެންމެ ހުނަރުވެރި ކެމެރާމަނުންގެ ތެރޭގައި ހިމެނޭ އިބްރާހީމް (ކަނޑި) ވިސާމް އެވެ. ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ ފިލްމުގެ ވީއެފްއެކްސް މަސައްކަތް ކުރަނީ އެ ދާއިރާ އިން ގިނަ ބައެއްގެ އިތުބާރު މިހާރު ހޯދާފައިވާ ސްޓޫޑިއޯ އޯކޭޒުންނެވެ.

ބަވަތި”ގެ މަންޒަރުތައް ނަގާފައި ވަނީ ކ. ކާށިދު އާއި މާލޭގަ އެވެ.”ބަވަތި”ރިލީޒް ކުރަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top