ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަޢުވަތު” ހޯދަން އަތޮޅު ތެރެއިން ބޮޑު ޑިމާންޑެއް

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު” އަށް އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އަތޮޅު ތެރޭގައާއި ރިޒޯޓް ތަކުގައި ފިލްމު އެޅުވުމަށް އެދެމުންދާތީ އަތޮޅު ތެރެއާއި ރިޒޯޓްތަކުގައި ފިލްމު އަޅުވަން ފަށައިފި އެވެ.

“ދައުވަތު” އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް މިހާރު އަންނަނީ އަޅުވަމުންނެވެ. އެގޮތުން ދ. ކުޑަހަވުދޫގައި މިހާރު ވަނީ މި ފިލްމު ދައްކާފަ އެވެ. ފިލްމު “ދަޢުވަތު” އެޅުވުމަށް މިހާރު 25 ވަރަކަށް ރަށުން އެދިފައި ވާއިރު، ދެން އެންމެ އަވަހަށް ފިލްމު އަޅުވާ ރަށްރަށުގެ ތެރޭގައި މި މަހުގެ 18 ގައި ދ. މީދޫ، 27 ގައި، ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ށ. މިލަންދޫ 28 ގައި އަދި ޖުލައި 5 ގައި ރ. އުނގޫފާރު ހިމެނެ އެވެ.

މީގެ އިތުރުން ލ. ގަން، ފޮނަދޫ އަދި މާމެންދޫގައި ޖުލައި 04 ން 06 އާއި ދެމެދުގައި ފިލްމު އެޅުވުމަށް ވެސް ވާހަކަ ދެކެވ،ި މި ތާރީޚް ތަކުގައި ފިލްމު އެޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

އަތޮޅު ތެރޭގައި ފިލްމު “ދަޢުވަތު” ދެއްކުމަށް ތައްޔާރުވަމުން އަންނައިރު ސަމަރ އައިލެންޑް ރިސޯޓްގައި ޖުލައި 19 ގައި ވެސް ފިލްމު ދެއްކުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދެމުންދާ ބިރުވެރި ފިލްމު “ދަޢުވަތު” ގައި ކިޔައިދެނީ ކައިވެންޏަށް ފަހު ރާއްޖޭގެ ރަށަކަށް ހަނީމޫނަށް ދާ ޒުވާން ދެމަފިރިއަކަށް ސިހުރުހާރޫގައިގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ފިލްމުގެ ޕްލޮޓް ބިނާކޮށްފައި ބިރުވެރި ފިލްމެކެވެ.

https://www.facebook.com/332159277599127/videos/939543743049631/?v=939543743049631

ފިލްމު “ދައުވަތު” ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އަލީ (ދޮންއައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top