ވިލާ ކޮލެޖް ގަން ކެމްޕަހާ، ހައްދުންމަތީ ގަމު ކައުންސިލާ ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމަށް ލިޔުންތެރިކަމާ ގުޅޭ ހަރަކާތެއް ލ. ގަމުގައި ހިންގައިފިއެވެ.
ވިލާ ކޮލެޖު ގަމު ކެމްޕަހުން މުނިއަވަސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދިވެހި ލިޔުންތެރީންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ލ. ގަމު ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ލަފުޒު ވަކިކޮށް ލިޔުމާބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ދަންފަޅިއެއް ބޭއްވުނު ކަމަށެވެ. މަޢުލޫމާތު ދިނުމުގެ މި ބައްދަލުވުމުގައި އަލިއަޅުވައިލެވުނީ އާއްމުކޮށް ލިޔުމުގައި ހުންނަ މައްސަލަތަކުގެ މައްޗަށެވެ.
ގަމު ކައުންސިލް އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި މި މަޢުލޫމާތު ދިނުމުގެ ދަންފަޅީގައި ކިޔަވައިދެއްވީ ވިލާ ކޮލެޖު ގަމު ކެމްޕަހުގެ މެނޭޖަރ އަލްފާޟިލް ޠާހާ އަބޫބަކުރެވެ.

ވިލާ ކޮލެޖް ގަން ކެމްޕަސްގެ މެނޭޖަރ ޠާހާ އަބޫބަކުރު ކިޔަވައިދެއްވަނީ – ފޮޓޯ: ވިލާ ކޮލެޖް ގަން ކެމްޕަސް
މި ހަރަކާތް ފެށުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީގެ އޯޑިއޯ ޚިޠާބެއް އިއްވިއެވެ. އެކެޑަމީ ރައީސްގެ ވާހަކަފުޅުގައި ގަން ކައުންސިލުން މިފަދަ ކަމެއް ރޭއްވެވިކަމަށްޓަކައި އެކައުންސިލަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރެއްވިއެވެ.

ލ ގަން ކައުންސިލްގެ އިދާރާ މުވައްޒަފުންނަށް ހިންގި މަސައްކަތު ބައްދަލުވުމުގެ ތެރެއިން – ފޮޓޯ: ވިލާ ކޮލެޖް ގަން ކެމްޕަސް
މި ހަރަކާތަށް ފަންނީ އެހީތެރިކަން ދެއްވީ ދިވެހިބަހުގެ އެކެޑަމީން ކަމަށް ވިލާ ކޮލެޖު ގަމު ކެމްޕަހުގެ މެނޭޖަރ އަލްފާޟިލް ޠާހާ އަބޫބަކުރު މަޢުލޫމާތު ދެއްވިއެވެ.
ވިލާ ކޮލެޖު ގަމު ކެމްޕަަސް އުފެދުނ ފަހުން، މިފަދަ ހަރަކާތްތައް ލ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި