ހައުސްފުލް ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށްފަހު އެކްޓަރު، ޑައިރެކްޓަރު އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު “ލީނާ” ވަދާއީ ޝޯތައް މިމަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހުގެ ރޭ ބޭއްވުމަށް މިސްރާބު ހިފައިފިއެވެ.
މައުސޫމް އަންހެން ކުއްޖެއްގެ މަރުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ “ލީނާ” ރިލީޒްކުރީ ޖުލައި 23 ގައެވެ. މިވަގުތު “ލީނާ”ގެ މިސްރާބު އަތޮޅުތެރެއަށް ހިފާފައިވާއިރު، އަތޮޅުތެރެއިން ވެސް ބޮޑު ތަރުހީބެއް ލިބެމުން ފިލްމަށް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މަސްހޫރު ފިލްމީތަރި އަބްދުﷲ މުއާޒްގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ ”ލީނާ“ގައި ކިޔައިދޭނީ އަނިޔާވެރި ގޮތަކަށް މަރާލާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ. ފިލްމުގައި ލީނާގެ ގާތިލު، ޒުހޭރުގެ ރޯލުން ފެނިގެންދާނީ އެކްޓަރު އަބްދުﷲ (މުއާ)އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު އީސަ (އާނަންދު)، ޒީނަތު އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.
އއ. އުކުޅަހުގައި ކުޅެފައިވާ މި ފިލްމުގެ ސިނަމޮޓޯގްރަފީ ހަދައިދީފައިވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ. ފިލް ޕްރޮޑިއުސް ކޮށްފައިވަނީ މުއާ އާއި ސައްޔާހް އައްބާސްއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!