ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހަބޭސް” ޢީދު ޝޯއަށް ދާ ރަށްތައް ތޮލާގެ އަޑުން ވަރަށް ހަބޭސްކޮށް!

މަޝްހޫރު ބޮޑުބެރު ބޭންޑް “ހަބޭސް” އިން މި އަހަރު އަޟްޙާ ޢީދުގައި ޝޯ ދިނުމަށް ދާ ރަށްރަށަކީ ކޮބައިތޯ “ހަބޭސް”ގެ ލަވަ ކިޔުންތެރިޔާ ޙަސަން ޠަލާޤް (ތޮލާ) ކައިރިން އަހައިލުމުން ޖަވާބުގައި ތޮލާ ކިޔައިލީ ހިތްގައިމު ލަވައެކެވެ. އެ ލަވައިން “ހަބޭސް” މިފަހަރު ޝޯ ދިނުމަށް ދާނެ ރަށްތައް ވަރަށް ތަފްޞީލްކޮށް، ވަރަށް ހަބޭސްކޮށް ބުނެދިނެވެ.

“އޭއް ތޮލާ މިފަހަރު އީދުގަ ހަބޭސް ދަނީ ކޮން ރަށަކަށްތަ؟”

“އޭ ކީކޭ؟ ހަބޭސް ދަނީ ކޮންތާކަށް ހެއްޔޭ؟

ހާ އަލިފު ހޯރަފުށްޓަށާ ދިއްދޫއާ ނޫނު ވެލިދޫ

ހޮޅުދޫއާ ގާފު ދާލު ގައްދޫއަށޭ ހަބޭސް ދަނީ….

މިހާރު އެނގިއްޖެ ދޯ؟”

https://www.facebook.com/190703898206125/videos/453093098575027/?v=453093098575027

ޓެލެވިޛަން މޯލްޑިވްސް އިން ބޭއްވި ދެވަނަ “ވޮއިސް އޮފް މޯލްޑިވްސް” ގެ ޝަރަފުވެރި އެއްވަނަ ހޯދައި މިހާރު ރާއްޖޭގެ މިއުޒިކީ އުދަރެހުގައި އަލިގަދަކޮށް ވިދަމުންދާ ޙަސަން ޠަލާޤް (ތޮލާ) އަކީ ހުނަރުވެރި ޅެންވެރިއެކެވެ. އަމިއްލަ ރާގު ވެސް ހަދައެވެ. އެހެންކަމުން ‘ހަބޭސް ފަން‘ ފޭސްބްކް ޕޭޖުން ތައްޔާރުކޮށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއިން ފެންނަ ލަވައަކީ ވެސް ތޮލާގެ ޅެންވެރިކަމުގެ ހުނަރާއި މޫސީގީ ހުނަރު ބޭނުންކޮށްގެން “ހަބޭސް” އާއި ތޮލާގެ ފޭނުންނަން ކޮށްފައިވާ ހަދިޔާއެއް ކަމަށް ޤަބޫލުކުރެވެއެވެ.

“ހަބޭސް” ޢީދު ޝޯ ދިނުމަށް ހަމަޖެހިފައިވާ ރަށްތައް ކިޔައިދިނުމަށް ‘ހަބޭސް ފަން’ އިން ވަރަށް ޝައުޤުވެރިކުރުވާ އެހެނަސް ވަރަށް އާދައިގެ ގޮތްތަކަކަށް އިތުރު ވީޑިއޯތައްވެސް އާއްމުކޮށްފައި ވެއެވެ.

https://www.facebook.com/190703898206125/videos/2247631545547020/?eid=ARD_r4NbXCAfiRAJorrcGBJE0p0jtOmx5Bo2dUD92Kj2suPCb6tYGB_tNPP-9HnRzSdAOYFEgy_OXv5D

https://www.facebook.com/190703898206125/videos/2758886277454856/?eid=ARD_r4NbXCAfiRAJorrcGBJE0p0jtOmx5Bo2dUD92Kj2suPCb6tYGB_tNPP-9HnRzSdAOYFEgy_OXv5D

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top