ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ފަރާތުން ސާކް ޤައުމުތަކުގެ މެދުގައި ބާއްވަމުން ގެންދާ “ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް” ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ކުރެހުންތެރީންނަށް އެންސީއޭ އިން ހުޅުވާލައިފި އެވެ.

“ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް” އޮންނާނީ މި ހިނގާ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 އިން 27 އަށް ދިވެހިރާއްޖޭގައެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ބުނީ މި އެގްޒިބިޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ދިވެހި ކުރެހުންތެރީން މި ކޭމްޕުގައި ބައިވެރިވެލެއްވުމަށް އެދި އެ ސެންޓަރަށް ލިޔުމުން އެންގެވުމަށެވެ. އެގޮތުން ބައިވެރިވެލައްވާ ފަރާތުގެ ވަނަވަރާއިއެކު ޕާސްޕޯޓް ސައިޒް ފޮޓޯ ގެ އިތުރުން ހަތަރު ކުރެހުމެއްގެ އޭ-ފޯރ ސައިޒްގެ ޕިކްސަލޭޓް ނުވާވަރުގެ ޖޭޕެގް) ސޮފްޓް ކޮޕީ [email protected] އަށް މެއިލް ކުރުމަށެވެ.

އެންސީއޭ އިން ބުނީ ކޭމްޕުގައި ރާއްޖެއަށް ލިބިފައިވާ 10 ޖާގައަށް ކުރެހުންތެރީން ހޮވުމަށް ހަމަޖެހިފައިވަނީ ހުށަހަޅުއްވާ ވަނަވަރަށް އިންސާފުކުރުމަށްފަހުގައި ކަމަށެވެ.

“ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް”ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޮގަސްޓް 2019 ވަނަ ދުވަހުގެ 12.00 އެވެ.

އެންސީއޭގެ ނަންބަރު 3313456 އަށް ގުޅައިގެން މި އެކްޒިބިޝަނާބެހޭ އިތުރު މައުލޫމާތު ހޯދޭނެކަމަށް އެންސީއޭ އިން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.