ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މިއުޒީޝަން ބާޗީގެ ފުރަތަމަ އަލްބަމް ”އުދުހިލާ“ މި އަހަރު ސެޕްޓެމްބަރު މަހު ނެރޭނެކަމަށް އުނޫޝާގެ ފިރިމީހާ އަދި މެނޭޖަރު އިބްރާހިމް ހަމީޝް (ހަމީ) ބުނެފި އެވެ.
ހަމީޝް ބުނީ މިއީ ނާނާ އަލްބަމެއް ކަމަށާއި އަލްބަމްގައި ހިމެނޭނީ މުޅިންވެސް އަމިއްލަ ރާގުގެ ނާނާތަކެއް ކަމަށެވެ. މިއީ 100 އިންސައްތަ ދިވެހި އުފެއްދުމެއް ކަމަށްވެސް ހަމީޝް ބުނެއެވެ.
ޖުމްލަ ހަތް ނާނާ ހިމެނޭ ”އުދުހިލާ“ އަލްބަމް ޚާއްޞަކުރަނީ ކިޑީ އާއި ހަމީޝްގެ އަލަތު ދަރިފުޅަށާއި ހުރިހާ ކުޑަކުދިންނަށެވެ.
ހޯމަދުވަހު އާއްމުކޮށްފައިވާ މި އަލްބަމްގެ ކަވަރ ތައްޔާކޮށްފައިވަނީ ވެސް ކުޑަކުދިންނަށް އެންމެ އެކަށޭނަ ގޮތަށް އުނޫޝާ އާއި ލޫޕްކްރާފްޓްގެ ޚިޔާލަކަށެވެ. ކަވަރ ތައްޔާރުކުރީ ލޫޕްކްރާފްގެ ޓީމަކުންނެވެ.
”އުދުހިލާ“ އަލްބަމަކީ ސައުންޑް ސްކޮޔާޑް އަދި ލޫޕް ކްރާފްޓްގެ އުފެއްދުމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




