ރާއްޖޭގެ އެންމެ މަޝްހޫރު ވީޑިއޯ ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުން، ”އުމުރުން ދުވަސްވީ މާމައެއް“ ހޯދަން އިއުލާނުކޮށްފިއެވެ.
ޑާކްރެއިންގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ”މާމައެއް ބޭނުން! އުމުރު 55-65 އާއި ދެމެދު. ހުރިއްޔާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފޭސްބްކް ޕޭޖަށް ޑައިރެކްޓް މެސެޖެއް ކުރައްވާ.“ މިފަދަ ގޮތަކަށެވެ.
ކޮމެޑީ ފިލްމު ހެދުމުގައި ތަފާތުތަކެއް ދައްކަމުން އަންނަ ޕްރޮޑަކްޝަން ހައުސްގެ އެއް ޕްރޮޑިއުސަރު މޮގާ ކޮށްފައިވާ މި ޕޯސްޓަކީ އެއްވެސް ހާލެއްގައި ސަމާސާ ވާހަކައެއް ނޫނެވެ. މުނިއަވަސް އަށް ރޭގެ ވަގުތެއްގައި މޮގާ ބުނީ ޑާކްރެއިން އެންޓަޓެއިންމެންޓުން ހަދަން ނިންމާފައިވާ ފިލްމަކަށް، އެކްޓް ކުރުމަށް ޝައުޤުވެރިވާ އުމުރުން ދުވަސްވީ ކަނބަލެއް ބޭނުންވާ ކަމަށެވެ.
”އުމުރުން 65 އަހަރު ވަރުގެ ބުރުގާ ނާޅާ އުޅޭ އަންހެން ބޭފުޅެއް ބޭނުންވަނީ. ފިލްމުގަ މާމައެއްގެ ބައި ކުޅުމަށް އަންހެން ބޭފުޅެއް ބޭނުންވަނީ.“ މިވަގުތަށް ފިލްމުގެ ނަން ހާމަނުކޮށް މޮގާ ބުންޏެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދަމުންގެންދާ ފިލްމުތަކުން އާ ފަންނާނުން ތަޢާރަފުކުރުމަށް ބާރުއަޅަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




