20 ވަނަ އައިފާ އެވޯޑްސްގެ އެންމެމޮޅު ފިލްމުގެ މަގާމު “ރާޒީ” އަށް ލިބިއްޖެއެވެ. މިފިލްމު ކުޑަބަޖެޓަކުން ޕްރޮޑިއުސް ކޮށްފައިވަނީ ކަރަން ޖޯހަރެވެ. އަދި ޑައިރެކްޓް ކޮށްފައިވަނީ މެގްނާ ގުލްޒާރެވެ. ފިލްމުގެ ޑިމާންޑް ބޮޑުވެ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) އަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ހޯދާފައެވެ. ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދަނީ އާލިޔާ ބަޓްގެ އިތުރުން ވިކީކޯޝަލްއެވެ.

އިންޑިއާގައި ފުރަތަމަ ފަހަރަށް ބޭއްވި އައިފާ އެވޯޑްގައި އެފިލްމަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އާލިއާ ހޯދާފައި ވާއިރު އަރޖިތު ވަނީ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމް އަދި ހަރްޝްދީޕް ވަނީ އެންމެ މޮޅު އަންހެންލަވަކިޔުންތެރިޔާގެ އެވޯޑް ހާސިލްކޮށްފައެވެ. މީގެއިތުރުން އާލިޔާއަށްވަނީ ފިލްމްފެއާއިން ވެސް “ރާޒީ” ގައި އޭނާ އަދާކޮށްފައިވާ ކެރެކްޓަރ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައެވެ.

އައިފާގެ މުހިއްމު ވަނަތައް:
އެންމެ މޮޅު ޑައިރެކްޓަރު: ސްރީރާމް ރަގްވަން (އަންދާދުން)
އެންމެ މޮޅު ބަތަލު: ރަންވީރު ސިންގް (ޕަދުމާވަތު)
އެންމެ މޮޅު ސަޕޯޓިން ބަތަލު: ވިކީ ކޯޝަލް (ސަންޖޫ)
އެންމެ މޮޅު ސަޕޯޓިން ބަތަލާ: އަދިތީ ރާއޯ ހައިދަރީ (ޕަދުމާވަތު)
އެންމެ މޮޅު ސްކްރީންޕްލޭ: އަންދާދުން
އެންމެ މޮޅު ޑައިލޮގް: ބަދާއީ ހޯ
އެންމެ މޮޅު އެޑިޓިން: އަންދާދުން
އެންމެ މޮޅު ބެކްސްކޯ: އަންދާދުން
އެންމެ މޮޅު ސައުންޑް މިކްސިން: އަންދާދުން
އެންމެ މޮޅު ނެށުން: ޕަދުމާވަތު
އެންމެ މޮޅު ސިނަމަޓޯގްރަފާ: ޕަދުމާވަތު
އެންމެ މޮޅު ސައުންޑް ޑިޒައިން: ތުމްބަޅް
އެންމެ މޮޅު ސްޕެޝަލް އިފެކްޓްސް: ތުމްބަޅް
އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރު: އަމާލް މާލިކް
އެންމެ މޮޅު ޅެން: އަމީތާބް ބަޓަޗަރިއާ (ދަޅަކް)
އެންމެ މޮޅު މިއުޒިކް އަލްބަމް: ސޯނޫ ކޭ ޓިޓީ ކީ ސްވީޓީ
އެންމެ މޮޅު އާ ބަތަލު: އިޝާން ޚައްތަރު (ދަޅަކް)
އެންމެ މޮޅު އާ ބަތަލާ: ސާރާ އަލީ ޚާން (ކޭދަރުނާތު)

އައިފާ އެވޯޑްގެ ހާއްސަ އެވޯޑް ލިބުނު ފަރާތްތަކަށް ބަލާއިރު ފާއިތުވި 20 އަހަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ދީޕިކާ ޕަދުކޯން އަށް ލިބުނު އިރު، އެ ދާއިރާ އިން އެވޯޑް ލިބުނު އެކްޓަރަކީ ރަންބީރް ކަޕޫރެވެ.

ފާއިތުވި 20 އަހަރު އެންމެ މޮޅު ފިލްމުގެ މަގާމު ރިތިކް ރޯޝަން ބޮލީވުޑަށް ތައާރަފުވި ފިލްމު “ކަހޯ ނާ ޕިޔާރު ހޭ” އަށް ލިބުނު އިރު، ފާއިތުވި 20 އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނީ “ތްރީ އިޑިއަޓްސް” އާއި “ޕީކޭ” އަދި “ސަންޖޫ” ފަދަ ފިލްމުތައް ގެނެސްދިން ރާޖްކުމާރު ހިރާނީއަށެވެ.

ފާއިތުވި 20 އަހަރުގެ އެންމެ ކާމިޔާބު މިއުޒިކް ޑައިރެކްޓަރުގެ މަގާމު ލިބުނީ ޕްރިތަމް ޗަކްރަބަތީއަށެވެ.

ކުރީގެ ވަރަށް ގިނަ ފިލްމުތަކުގައި ކޮމެޑީ ރޯލްތައް ކުޅެފައިވާ ޖަގްދީޕް އަދި އެކްޓަރު ޖާވިދު ޖެފްރީގެ ބައްޕައަށްވަނީ ލައިފްޓައިމް އެޗީވްމެންޓް ލިބިފައެވެ. އަދި އޭނާއަކީ މިއަހަރު ރިލީޒްކުރި ފިލްމު “މަލާލް” އިން އަލަށް ފެނިގެން ދިޔަ އެކްޓަރު މީޒާން ޖެފްރީގެ ކާފަ އެވެ.

މި އަހަރުގެ އައިފާ އެވޯޑްގައި ވެސް މަޝްހޫރު ބައެއް ތަރިންގެ ފޯރިގަދަ ސްޓޭޖް ހުށައެޅުންތައް ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާން، ކެޓްރީނާ ކެއިފް، ރަންވީރު، ސާރާ، ވިކީ އަދި މަދޫރީ ޑިކްސިޓް ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.