ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިރުވެރި ފިލްމު “ކާކު؟” ގެ ޕްރިމިއާ މިރޭ – ތައްޔާރުތަ؟

ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު {މާއެބޫ}ގެ “ކާކު؟” މިރޭ އޮލިންޕަހުގެ ބޮޑު ސްކްރީނަށް އަންނަން ވަގުތު ކުޑަތަންވެފައިވާއިރު، ފިލްމަށް ތައްޔާރު ހެއްޔެވެ؟

‘މީ ޕްރޮޑަކްޝަންސް’ އިން އުފައްދާ މިރޭ ޕްރިމިއާކުރަނީ ވަރުގަދަ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު މާއެނބޫ ބުނީ ހިތްބަލި ބޭފުޅުން މި ފިލްމު ބެލުން އެހައި ރަނގަޅުނުވާނެ ކަމަށެވެ. މާއެނބޫ ބުނާގޮތުން ފިލްމަކީ އެހާވެސް ވަރުގަދަ ފިލްމެކެވެ.

މި ފިލްމަކީ ޙަޤީޤީ ވާހަކައެއްގެ މައްޗައް ބިނާކޮށް މާއެނބޫ ލިޔެފައިވާ ވާހަކައަކަށް މަޙުދީ އަޙްމަދު ސްކްރީން ޕްލޭ ތައްޔާރު ކޮށްގެން ގެނެސްދޭ ފިލްމެކެވެ. މިފިލްމުން ފެނިގެންދަނީ ރަޙުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.

https://www.facebook.com/kaakuthemovie/videos/338750703731560/?v=338750703731560

މި ފިލްމުގެ ކާސްޓުންނަށް ބަލާލާއިރު މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޙާމިދު އަލީ އާއި އިބްރާހީމް ސޮބާ “ކުޑަސޮބާ” އާއި ޝާފިޢު މުޙައްމަދާއި، އިރްފާނާ އިބްރާހީމް (އިރޫ) ގެ އިތުރުން މި ދާއިރާއަށް އަލަށް ނުކުންނަ ޢާއިޝާތު ޔާސިރާވެސް ފެނިގެން ދާނެއެވެ.

ފިލްމު ”ކާކު؟“ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް ’ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top