ބޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން ޖޯނީ ލީވަރ ވަރަށް އަވަހަށް ރާއްޖެ ޒިޔާރަތް ކުރާނެކަމަށް އޭނާ ބުނެފިއެވެ.
ޖޯނީ ލީވަރ މިހެން ބުނެފައި ވަނީ ޔޫތް މިނިސްޓަރ އިންޑިއާއަށް ކުރައްވާ ނުރަސްމީ ދަތުރު ފުޅުގައި ޖޯނީ ލީވަރ އާ ކުރެއްވި ބައްދަލު ވުމުގެ ތެރޭގައެވެ. މި ބައްދަލު ވުމުގައި ޖޯނީ ލީވަރ ބުނެފައިވަނީ ދިވެހިން ދެކެ ވަރަށް ލޯބިވާ ކަމަށާއި އަދި ދިވެހިންވެސް އޭނާ ދެކެ ވަރަށް ލޯބިވާކަން އެނގޭ ކަމަށެވެ. ޖޯނީ ލީވަރ އިތުރަށް ބުނީ އޭނާ ވަރަށް އަވަހަށް ރާއްޖެ ޒިޔާރަތް ކޮށް ދިވެހިންނާ ބައްދަލު ކުރާނެ ކަމަށެވެ.
View this post on Instagram
ޖޯނީ ލީވަރ އަކީ ބޮލީވުޑްގެ އެންމެ ކުޅަދާނަ ކޮމޭޑިއަން އެކްޓަރެވެ. ބޮލީވުޑްގެ ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންގެ އަޑުން ވާހަކަދެއްކުމަކީވެސް ޖޯނީ ލީވަރގެ ކުޅަދާނަ ހުނަރުތަކުގެ ތެރެއިން ހުނަރެކެވެ.
ކިޔުންތެރިންގެ ޚިޔާލު
