ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަވަތި” ހައްދުންމައްޗަށް

އަތޮޅުތެރޭގެ ރަށްރަށުގައި މިހާރު ފޯރިއާއެކު ދައްކަމުން އަންނަ ސަސްޕެންސް ތްރިލާ ”ބަވަތި” ހައްދުންމަތީގެ ބައެއް ރަށްރަށުގައި އަޅުވަން ތައްޔާރުވެފައިވާކަމަށް ‘އައި ފިލްމްސް’ އާއި ‘ލާމު ސިނަމާ ވައިބަރ ގްރޫޕުން’ ބުނެފިއެވެ.

ލ. އަތޮޅުގެ ތިން ރަށެއްގައި ”ބަވަތި” ދެއްކުމަށް ހުރިހައިކަމެއް މިހާރު ހަމަޖެހި ތާރީޚްތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލ. ގަމުގައި މި މަހު 10ގައި، ލ. މާމެންދޫގައި މިމަހު 11ގައި އަދި މާވަށުގައި މިމަހު 12ގައި ދެއްކުމަށް ނިންމާފައިވެއެވެ.

އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑްރޯލު އަދާކުރަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ބަޠަލާ ނުޒުހަތު ޝުޢައިބާއި ފީޗާ ފިލްމަކުން އަލަށް ފެންނަ އަޙްމަދު އިފްނާޒް ފިރާޤު އެވެ. އިފްނާޒަކީ މަޝްހޫރު ޓީވީ ޕްރެސެންޓަރެކެވެ.

ލ. ގަމާއި ފޮނަދޫން ”ބަވަތި” ބަލަން ބޭނުންވާ ފަރާތްތަކުން 7729997 އަދި 9899996 އަށް ގުޅުމަށް ފިލްމު ދައްކާ ފަރާތުން އެދެއެވެ.

ލ. މާމެންދޫން ”ބަވަތި” ބަލަން ބޭނުންވާ ފަރާތްތަކުން 7729997 އަދި 9899996 އަށް ގުޅުމަށް ފިލްމު ދައްކާ ފަރާތުން އެދެއެވެ.

ލ. މާވަށުން ”ބަވަތި” ބަލަން ބޭނުންވާ ފަރާތްތަކުން 7729997 އަދި 9899996 އަށް ގުޅުމަށް ފިލްމު ދައްކާ ފަރާތުން އެދެއެވެ.

ބަވަތި” އަކީ ބިރުވެރި ފިލްމެއްކަމަށް ބައެއް ފަރާތްތަކަށް ހީވެފައި ވިޔަސް، މިއީ ބިރުވެރި ފިލްމެއް ނޫނެވެ. މި ފިލްމަކީ ސަސްޕެންސް ތްރީލާއެކެވެ. ފިލްމުގައި ދައްކައިދެނީ މައިގަނޑު ގޮތެެއްގައި ގިނަ ކަންތައްތަކެއް ދިމާވެފައިވާ އަންހެންކުއްޖެއްގެ ދިރުއުޅުމެވެ.

މި ފިލްމުގެ ސިނަމެޓޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށް، މޮޅު ސްޕެޝަލް އިފެކްޓަކެއް ގެނެސްދީފައިވަނީ މަޝްހޫރު ‘އޯކޭޒް އިންކް’ އިންނެވެ.

https://www.facebook.com/349152015708227/videos/2411753952433494/

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top