ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ އެންމެ ފަހުގެ ފިލްމް ‘ދަ ސްކައި އިޒް ޕިންކް’ ޕްރޮމޯޓް ކުރުމަށް ޕްރިޔަންކާ އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ފިލްމު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕްރިޔަންކާ ދަނީ ޔުނައިޓެޑް ސްޓޭޓްސްގެ މެއިން ސްޓްރީމް ޕްރޮގުރާމެއްގައި އެ ފިލްމު ޕްރޮމޯޓު ކުރުމުންނެވެ.
ހުޅަނގުގެ ގައުމެއްގައި އަދި އެހާ ބޮޑު މަޝްހޫރު ގައުމެއްގައި ހިންދީ ފިލްމެއް ޕްރޮމޯޓްކުރާ ފުރަތަމަ ފަހަރަށް މި ފަހަރު ވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ކަން ހުރި ނަމަވެސް އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ޕްރިޔަންކާ ގެ އާއިލާ ބިނާކުރުމަށްޓަކައި ކެތް މަދުވެފައިވާ މަންޒަރަށެވެ. އެކަމަށްޓަކައި ޕްރިޔަންކާ ހާމަކޮށްފައިވާ އިހުސާސްތަކަށެވެ.
ފިލްމު ޕްރޮމޯޓްކުރި ޝޯވ ހުށައަޅައިދެމުން ދެއްކި ވާހަކަ ތަކުގެ ތެރެއިން ކުޑަކުދިންގެ ވާހަކަ ވެގެން ދިޔައީ ޕްރިޔަންކާއަށް އަސަރު ކުރުވަނިވި ވާހަކަ ތަކަށެވެ.
“އަހަރެން ކެތް މަދުވެފައި މިހުންނަނީ، އަހަރެން ވަރަށް ބޮޑަށް ކެތް މަދުވެފަ މި ހުންނަނީ، އަހަރުމެންގެ އުފާވެރި ހަޔާތަށް އިތުރު އުފާވެރިކަމެއް ގެނެސްދިނުމަށްޓަކައި އަހަރެމެން މިތިބެނީ ކެތް މަދުވެފައި.” މަޝްހޫރު ބޮލީވުޑް އެކްޓަރ ޕްރިޔަންކާ ބުންޏެވެ.
ހަމައެކަނި އެވާހަކަތަކެއް ނޫނެވެ. ޕްރިޔަންކާގެ ފިރިމީހާއަށް ކުރި ތަޢުރީފާއި އަދި ފިލްމް ‘ދަ ސްކައި އިޒް ޕިންކް’ ގެ އެކިއެކި މަންޒަރުތަކުގެ ބައެއް ވާހަކަތައް ޕްރިޔަންކާ އެ ޝޯވ ގައި ކިޔައިދީފައިވެއެވެ.
