މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދާލި ލަވަކިޔުންތެރިޔާ އަޙްމަދު މާއިޝް ނިޔާޒްގެ ފުރަތަމަ އޮރިޖިނަލް ލަވަ ”މާޔޫސް“ ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ. މި އަހަރު ޖޫން މަހު، ’އިއްޔަ ރެކޯޑްސް‘ އާއި ގުޅިފައިވާ މާއިޝްގެ ލަވަ ނެރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުރަތަމަ މިއުޒިކް ސްޓްރީމިން އެޕް ’ލަވަފޮށި‘ މެދުވެރިކޮށެވެ.
އިއްޔަ ރެކޯޑްސް އިން މުނިއަވަސް އަށް ބުނީ މިމަހުގެ 17 ވަނަ ދުވަހު ނެރޭ ”މާޔޫސް“ ލަވަ އަކީ އިއްޔަ ރެކޯޑްސްގެ ދަށުން މާއިޝް ނެރޭ އެންމެ ފުރަތަމަ އޮރިޖިނަލް ލަވަ ކަމަށެވެ.
”ކުރިއަށް އޮތްތަނުގައި މި ލަވައިގެ ވީޑިއޯއެއް ވެސް ފެނިގެންދާނެ. ’މާޔޫސް‘ މިއީ އޮކްޓޫބަރު މަސް ތެރޭގައި އިއްޔަ ރެކޯޑްސް އިން ނެރެން ހަމަޖެހިފައިވާ 3 ލަވައިގެ ތެރެއިން އެއް ލަވަ.“ މުނިފޫހިފިލުވުމުގެ ދާއިރާގައި ފައިތަލި ސާބިތުކޮށްލުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ’އިއްޔަ ރެކޯޑްސް’ގެ ސީއީއޯ އިއްޔަ މުސްތާޤް ބުންޏެވެ.
އިއްޔަ އިތުރަށް ބުނީ ”މާޔޫސް“ގެ އިތުރުން ހަމޫދުގެ ”ނޮއިސް“ އާއި ހަޔާ ގެ ”ވަގުތު“ ވެސް މި މަސް ތެރޭގައި ރިލީޒްކުރާނެ ކަމަށެވެ.

މާއިޝް އަކީ ވަރަށް ގިނަ މިއުޒިކް އިންސްޓްރޫމެންޓް ކުޅޭ މިއުޒީޝަނެއް – ފޮޓޯ: މުނިއަވަސް
މާއިޝް އަކީ އުމުރުން އެންމެ 13 އަހަރުން ފެށީގެން މިއުޒިކް ކުޅެމުން އަންނަ ވަރަށް ހުނަރުވެރި ފަންނާނެކެވެ. އެގޮތުން މާއިޝް އަށް ކުޅެން ނޭނގޭ އެއްވެސް މިއުޒިކަލް އިންސްޓްރޫމެންޓެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މާއިޝް ގެ އޮރިޖިނަލް ލަވަ ”މާޔޫސް“ގެ ކުރުކުރު ޓީޒާއެއް އިއްޔަ ރެކޯޑްސް އިން އާއްމުކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



