ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ފިލްމު އެވޯޑްސްގެ ޓައިޓްލް ސްޕޮންސަރަކަށް ބައިސްކޯފު

އަންނަ ނޮވެމްބަރު މަހުގެ 15ގައި ބޭއްވުމަށް ނިންމާފައިވާ ދިވެހި ފިލްމު އެވޯޑްސް 9 ގެ ޓައިޓްލް ސްޕޮންސަރުގެ ގޮތުގައި ދިވެހި ވީޑިއޯ ސްޓްރީމިން އެޕް ބައިސްކޯފު ހަމަޖައްސައިފިއެވެ.

ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ޓައިޓްލް ސްޕޮންސަރެއްގެ ގޮތުގައި ބައިސްކޯފު ހަމަޖައްސައި ބައިސްކޯފާއި އެންސީއޭއާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައި އެވެ. މި އެއްބަސްވުމުގައި އެންސީއޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ވަލީދެވެ. ބައިސްކޯފުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ބައިސްކޯފުގެ ޑައިރެކްޓަރ އަބްދުﷲ ހާފިޒެވެ.

ގައުމީ ފިލްމް އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި އެންސީއޭ އިން ދެމުންގެންދާ އެވޯޑެކެވެ.

މި އަހަރުގެ އެޥޯޑްގައި ޖުމްލަ 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު ހިމަނާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Ahmed shah ali7 އަހަރު ކުރިން

The pirate bay akaa torrent websites thakaa thithaakaa thafaatheh neh huhdha ehbeynun nvaane

Home
Menu
Search
Back to top