ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނޮއިސް” – ހަމޫދުގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކޮށްފި

މި ދުވަސްކޮޅު ބައިސްކޯފުން އެންމެ ވައިގައި ހިފާފައިވާ ފިލްމު “ވަކިން ލޯބިން” އަށް “ހިތުގަ ނަށާ ރާނީ” ކިޔައިދީފައިވާ މަޝްހޫރު ލަވަ ކިޔުންތެރިޔާ ހަމޫދު އަހުމަދުގެ ފުރަތަމަ ވީޑިއޯ ލަވަ މިއަދު ރިލީޒްކޮށްފިއެވެ.

’އިއްޔަ ރެކޯޑްސް‘ އިން ނެރެފައިވާ ’ނޮއިސް NOICE ލަވައިގައި ހަމޫދު ހަރަކާތްތެރިވާއިރު މި ލަވަ ޑައިރެކްޓްކޮށްފައި ވަނީވެސް ހަމޫދު އެވެ. ހަމޫދު ކިޔާފައިވާ ލަވައިގެ ރެޕް ބައި ޖެއްސީ ޓްރޯ އެވެ.

”ނޮއިސް ލަވައިގެ ޓްރެކް ކޮމްޕޯސްކުރީ ރެޕް އާޓިސްޓް ޓްރޯ. ނަމަވެސް މި ލަވަ އިތުރަށް ފުރިހަމަކޮށްދިން ފަރާތަކީ މުސްތާޤް. ޓްރެކަށް އަދި ވޯކަލް އަށް ގެންނަންޖެހޭ ބަދަލުތައް ވެސް ކިޔައިދިނީ މުސްތާޤް.” ލަވައިގެ މަސައްކަތް ކުރެވުނު ގޮތް މުނިއަވަސް އާ ހިއްސާކުރަމުން ހަމޫދު ބުނެފައިވެއެވެ.

https://www.facebook.com/IyyaRecords/videos/427492294866077/

ހަމޫދުގެ ‘ނޮއިސް’ ލަވައިން ރަނގަޅު މެސެޖެއްދޭއިރު، ލަވައިގެ ޑައިރެކްޝަން ވެސް ވަރަށް ތަފާތުވެފައި ޝައުޤުވެރިކަން ފާހަގަކޮށްލެވެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ނަން ހިނގާ ރެކޯޑް ލޭބަލް އަކަށް ވެފައިވާ އިއްޔަ ރެކޯޑްސް އިން ވަރަށް ގިނަ ލަވައިގެ މަސައްކަތް ކުރަމުން އަންނަކަމަށް ހަމޫދު ބުނެއެވެ.

“އެގޮތުން މި މަހު އެކިއެކި އާޓިސްޓުންނާއެކު އިއްޔަ ރެކޯޑްސް ގެ ތިން ލަވައެއް ރިލީޒްކުރާނެ.“ އިއްޔަ ރެކޯޑްސް އާއެކު މަސައްކަތް ކުރަމުން އަންނަ ހަމޫދު ހާމަކުރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top