ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަރުހަކުރު”ގެ މަޖާ ރަހަތަކާއެކު ދެވަނަ ސީޒަންވެސް ނިންމާލައިފި

ރާއްޖޭގެ ފުރަތަމަ ސިޓިންރޫމް ކޮމެޑީ “ކަރުހަކުރު”ގެ ދެވަނަ ސީޒަންގައި މަޖާ އެޕިސޯޑްތަކެއް ގެނެސްދިނުމަށްފަހު ސީޒަން ބްރޭކަކަށް ހިނގައްޖެއެވެ. ދެވަނަ ސީޒަން ގެނެސްދީފައިވަނީ މަޝްހޫރު ބައެއް ސެލެބްރިޓީންވެސް ހިމަނައިގެންނެވެ.

“ކަރުހަކުރު”ގެ ދެވަނަ ސީޒަންގެ ފަހު އެޕިސޯޑު “ބޭބީ” ދައްކާފައިވަނީ ރޭގައެވެ. މި ސީޒަންގައި 12 އެޕިސޯޑް ދައްކާފައިވެއެވެ.

މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް، މަޙްދީ އަޙްމަދު ސްކްރީންޕްލޭ ލިޔަމުންދާ ”ކަރުހަކުރު“ގެ ތިންވަނަ ސީޒަން އެއް ގެނެސްދޭނެކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އޯކޭޒް އިންކް އާއި ބައިސްކޯފް އެޕް ގުޅިގެން އުފައްދަމުން އަންނަ “ކަރުހަކުރު” ޑައިރެކްޓް ކުރަނީ ތިއޭޓާ އާޓްގައި އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ މުޙައްމަދު މުންތަސިރު (މުންކޮ) އެވެ.

“ކަރުހަކުރު” ސީރީޒް ގެ މައިގަނޑު ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top