މުނި ފޫހި ފިލުވުމުގެ ދާއިރާއަށް އަދި ޚާއްސަކޮށް ފިލްމީ ދާއިރާއަށް އިންގިލާބީ ބޮޑު ބަަދަލެއް ގެނެސްދިން އެޕްލިކޭޝަން ބައިސްކޯފަށް “ބަޑިއެދުރު” އަރައިފިއެވެ. 2008 ވަނަ އަހަރު ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ކުރު ފިލްމު “ބަޑިއެދުރު” ބައިސްކޯފަށް ލާފާއިވަނީ އިއްޔެއެވެ.
“ބަޑިއެދުރު” ފިލްމަކީ ބިރުވެރި ސަސްޕެންސް ތުރިލާއެކެވެ. ފިލްމުގެ ވާހަކަ ލިޔުނީ މޫމިން ފުއާދު އެވެ. ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރަކީ މުޙައްމަދު ޢަލީ (މޮގާ) އެވެ.
ކުރުފިލްމު “ބަޑިއެދުރު”ގައި ހަރަކާތްތެރިވެފައިވަނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ރަވީ ފާރޫޤް، ޢަބްދުﷲ މުއާޒު، އިބްރާހިމް ޖިހާދު (ޖިމީ)، ޢަލީ ޝަމީލް، ނާދިޔާ ޙަސަން، ޢާއިޝަތު ސިޔާދާ، އާމިނަތު ޝަރީފް، ލިރާރް އަޒްވަރު ނައީމް ގެ އިތުރުން މުޙައްމަދު ޞަބާޙް އެވެ.
2008 ގައި ބޭއްވި “މިއަދު ކްރިސްޓަލް އެވޯޑް” ގައި “ބަޑިއެދުރު” ފިލްމަށް ތިން އެވޯޑެއް ލިބިފައިވެއެވެ.
މި މަހަކީ ބައިސްކޯފަށް އެންމެ ގިނަ ޢަދަދަކަށް ދިވެހި ފިލްމު އިތުރުކޮށްފައިވާ މަސް ކަން ފާހަގަކޮށްލެވެއެވެ. “ބަޑިއެދުރު”ގެ ކުރިން އަމްޖޭގެ “ރޭވުމުން” ވެސް ވަނީ ބައިސްކޯފަށް ލާފައެވެ.
ބައިސްކޯފަށް އެޔޮތީ “ބަޑިއެދުރު” އަރާފައެވެ. “ބަޑިއެދުރު” ބަލަން ބޭނުން މީހުންނަށް ބައިސްކޯފުން މިހާރު “ބަޑިއެދުރު” ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!