ރާއްޖޭގެ ފުރަތަމަ އެންތޮލޮޖީ ފިލްމް “ހަތަރު ހަޅަ” ބައިސްކޯފުން ދައްކަން ފަށާފައިވާއިރު، މިހައިތަނަށް އެ ފިލްމުގެ ތިން ބައި ވަނީ ދައްކާފައެވެ. މިމަހުގެ 31ވަނަ ދުވަހުގެ ރެއަކީ “ހަތަރު ހަޅަ”އިގެ އެންމެ ވަރުގަދަ ހަޅަ ޖަހާނެ ރެއެވެ. އެ ފިލްމުގެ “ދަރި/ފިރި” ދައްކާ ރެއެވެ.
އަބްދުލް ފައްތާހު ޑައިރެކްޓްކޮށްފައިވާ “ދަރި/ފިރި” އިން ފެނިގެންދާނީ މިހާރު ދިވެހި އިސްކިރީނުތަކުން އެންމެ ގިނައިން ފެންނަ އެއް މޫނު ކަމަށްވާ ޢަލީ އާޒިމް (ދޮން އައްޔަ) އާއި މަރިޔަމް ޝަކީލާ (ޝަކިއްތަ) އެވެ.
“ހަތަރު ހަޅަ” އަކީ ރާއްޖޭގެ މަޝްހޫރު ހަތަރު ޑައިރެކްޓަރެއްގެ ކުރު ފިލްމުތަކެއް އެކުލެވޭ ގޮތަށް ގެނެސްދީފައިވާ ފިލްމެކެވެ. އަހުމަދު ފުއާދު (ފޯޑް) ޕްރޮޑިއުސް ކޮށްފައިވާ “ހަތަރު ހަޅަ”އިގައި ހިމެނެނީ ހަތަރު ނަމެއް ދީފައިވާ، ތަފާތު ހަތަރު ހާދިސާއެއް ދައްކުވައިދޭ ސަސްޕެންސް ސެގްމަންޓްތަކެކެވެ.
މިހައިތަނަށް “ހަތަރު ހަޅަ”އިގެ ތިން ހަޅައެއް ވަނީ ދައްކާފައެވެ. އެއީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ “ފޮށި”، މޫމިނުން ފުއާދުގެ “ބައިވެރިޔާ”، ރަވީ ފާރޫގުގެ ޑައިރެެކްޝަން ފެނިގެންދާ “ގާތިލް” އެވެ.
“ހަތަރު ހަޅަ” އިގެ ހަތަރު ސެގްމަންޓްގެ ތެރެއިން މޫމިން ފުއާދު ގެނެސްދީފައިވާ “ބައިވެރިޔާ” ފިޔަވައި ދެން އޮތް ތިން ސެގްމަންޓްގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ.
“ހަތަރު ހަޅަ”އިގެ “ދަރި/ފިރި” ސެގްމެންޓް ވެގެންދާނީ ބެލުންތެރިންނަށް ވަރުގަދަ ސިހުމެއް ގެނެސްދޭނެ ސެގްމެންޓަކަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!