ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް އަންނަ ހަފުތާގައި އިއުލާން ކުރަން ނިންމައިފި

ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި މި އަހަރު އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީތަކަށް ހޮވިފައިވާ ފަރާތްތަކާއި ފިލްމުތަކުގެ ނަންތައް އެންމެ ލަސްވެގެން މި މަހުގެ 10ގެ ކުރިން އިއުލާނު ކުރާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު ބުނެފިއެވެ

“ދިވެހި ފިލްމު އެވޯޑްސް 9” އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް މީޑިއާއާ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ވިދާޅުވީ އެވޯޑްތައް ލިބޭނެ ފިލްމުތައް ކަނޑައަޅަން ފަނޑިޔާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެންމެ ލަސްވެގެން މި މަހުގެ 10 ވަނަ ދުވަހަށް ކެޓަގަރީތަކުން އެވޯޑަށް ނޮމިނޭޓްވާ ފިލްމުތައް އިއުލާން ކުރާނެ ކަމަށްވެސް ވަލީދާ ވިދާޅުވިއެވެ.

މި އަހަރުގެ ފިލްމު އެވޯޑަށް ހުށައަޅާފައިވާ 13 ފިލްމަށް ޖަޖުކުރުމަށް ހަތް ފަންޑިޔާރުންގެ ޖޫރީއެއް އެކުލަވާލާފައި ވެއެވެ. ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

މިއަހަރު ބާއްވާ ފިލްމު އެވޯޑްސްގައި 2017 އަދި 2018 ވަނަ އަހަރު އުފައްދާފައިވާ 12 ފީޗާ ފިލްމާއި ކުރު ފިލްމެއް ހިމެނެއެވެ.

ދިވެހި ފިލްމު އެވޯޑްސް 9 ގައި ބައިވެރިކޮށްފައިވާ ފިލްމުތައް- ފޮޓޯ: މުނިއަވަސް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top