ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
އާލިން ހާލަންޑް ގެ ރެކޯޑާއެކު ރެޑްބުލް ސަލްޒްބާގުން ނަޕޯލީ ހިފަހައްޓައިފި

ޔުއެފާ ޗެންޕިއަންސް ލީގުގެ ގްރޫޕް އީ ގައި ނަޕޯލީ އަދި ރެޑްބުލް ސަލްޒްބާގް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން ނިމިއްޖެއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ސަލްޒްބާގަށް ކުރި ހޯދައިދީފައެވެ.

މި ގޯލާއެކު އުމުރުން 19 އަހަރުގެ ހުނަރުވެރި ޒުވާން ފޯވާޑް އާލިން ހާލަންޑް ވެފައިވަނީ ޔުއެފާ ޗެންޕިއަންސް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި “ޓީނޭޖް” ކުޅުންތެރިޔާ އަށެވެ. މިއީ ފާއިތުވެދިޔަ 4 މެޗުން އޭނާ ކާމިޔާބުކުރި 7 ވަނަ ގޯލެވެ. ކުރިން މި ރެކޯޑް އޮތީ ރައުލް ގޮންޒާލޭޒް އަދި ކީލިއަން އެމްބާޕޭ އަތުގައެވެ. ޓީނޭޖް އުމުރުގައި ރައުލް ރެއާލް މެޑްރިޑް އަށް އަދި އެމްބާޕޭ މޮނާކޯ އަށް ކުޅުނު އިރުގައި 2 ކުޅުންތެރިން ޖަހާފައިވަނީ 6 ގޯލެވެ.

ފުރަތަަމަ ހާފް ނިމެން އުޅެނިކޮށް މެޗުގެ 44 ވަނަ މިނެޓުގައި ނަޕޯލީގެ ހާވިން ލޮޒާނޯ ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ގިނަ ހަމަލާތަކެއް ނަޕޯލީގެ ފަރާތުން ފެނިގެން ދިޔަ ނަމަވެސް ގޯލަށް އަމާޒުވީ މަދު ހަމަލާތަކެކެވެ.

ބާކީ 2 މެޗެ އޮތްނަމަވެސް މި މެޗުން މޮޅުވެ ގްރޫޕް ސްޓޭޖުގެ ކުރީކޮޅު ނޮކްއައުޓް ބުރުން ޖާގައެއް ކަށަވަރުކުރެވެން އޮތް ނަޕޯލީ އިން ވަނީ އެ ފުރުސަތު ނަގާލާފައެވެ.

ކުޅުނު 4 މެޗުން ލިބުނު 8 ޕޮއިންޓާއެކު ނަޕޯލީ ގުރޫޕުގެ 2 ވަނައިގައި އޮތް އިރު، ސަލްޒްބާގު އޮތީ 4 ޕޮއިންޓާއެކު 3 ވަނައިގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top