ދެ ރަހުމަތްތެރިންގެ ދެމެދު ހިނގި ޒުވާބަކަށް ފަހު 50 ބިސް ކެވޭ މީހަކަށް 2000 ރުޕީސް ދޭނެކަމަށް ބުނެ ކުރި ޝަރުތަކުން މޮޅުވުމަށްޓަކައި ބިސްކެއި މީހެއް މަރުވެއްޖެއެވެ.
ސުބާޝް ޔާދާ ނަމަކަށް ކިޔާ މިމީހާ މަރުވެފައިވަނީ 41 ބިސް ކައި ނިމިގެން 42 ވަނަ ބިސް ކާން އުޅެނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާދިސާ ހިނގައިފައިވަނީ އިންޑިޔާގެ އުއްތަރު ޕްރެދޭޝްގެ ޖައުންޕޫރް ޑިސްޓްރިކްޓްގެ ބިބިގަންޖް މާރުކޭޓް ގައިކަމަށް މައުލޫމާތު ލިބެއެވެ.
ޝުބާސް އާއި އިތުރު މީހަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ޒުވާބުކުރަން ފެށިކަމަށާއި އެ ޒުވާބު ހަމައަކަށް އެޅުވުމަށްޓަކައި ދެމީހުން ނިންމީ ދެމީހުންކުރެން އެންމެ އަވަހަށް 50 ބިސް ކައި ނިންމައިލެވެނީ ކާކަށްތޯ ބެލުމަށް ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތައް ބުނެއެވެ.
ފުލުހުން ބުނީ ސުބާޝް ޔާދާ 42 ވަނަ ބިސް ކާން ފެށިތަނުން އޭނާ އަނބުރައިގަނެގެން ވެއްޓުނީ ކަމަށެވެ. އުމުރުން 42 އަހަރުގެ ޔާދާ އެ އަވަށުގެ ހޮސްޕިޓަލަށް ގެންދިއުމުން ސަންޖޭ ގާންދީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދިނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ ގިނަ އިރުތަކެއްނުވެ އެމީހާ ވަނީ މަރުވެފައެވެ.
ޑޮކްޓަރުން ބުނީ ސުބާޝް ޔާދާ މަރުވީ މާގިނައިން ބިސް ކެއުމުން ކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން ވަނީ އެ ހާދިސާއާމެދު އެއްޗެއް ބުނުމަށް ދެކޮޅުހަދާފައިކަމަށް ފުލުހުން ބުނެއެވެ.
ޗެކު ކުރީ: ސަޒްރާ ނަޞީރު
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




