ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރައީސްގެ ހާއްސަ އިނާމު ފިލްމީ ދާއިރާއިން ރިޝްމީއަށް

‏​ބައިނަލްއަޤްވާމީ މުބާރާތަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ރޭ ފިލްމީދާއިރާއިން ހާސިލްކުރީ ފިލްމީތަރި ރިޝްމީ ރަމީޒެވެ.

އެންމެފަހުން ރިޝްމީއަށް މެޑަލްއާއި ހަނދާނީލިޔުމަކާއެކު އޭނާގެ ހައްޤު ލިބުނީއެވެ. 2017  ވަނަ އަހަރު އެކި ޤައުމުތަކުން ހުށަހެޅި 16  ފީޗާ ފިލްމާއި ވާދަކޮށް، ފިލްމް ވިޝްކާއިން ސާކްގެ އެންމެ މޮޅު ބަތަލާއަށް ރިޝްމީ ހޮވުމަކީ މިއެވޯޑް ރިޝްމީއަށް ހައްޤުވާކަމުގެ ހެއްކެކެވެ.

ފިލްމީ އާއިލާއަކަށް އުފަން ރިޝްމީ މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވެއެވެ.

ސާކް އެވޯޑާއެކު ރިޝްމީ – ފޮޓޯ: ރިޝްމީގެ ފޭސްބްކް

މިހާރު ގިނައިން ސްކްރީންގެ ފުރަގަހުގައި މަސައްކަތް ކުރަމުން އަންނަ ރިޝްމީއަކީ ހަމައެކަނި މޮޅު އެކްޓަރެއް އެކަންޏެއްނޫނެވެ. ހިތްތައް ކަތިލާފަދަ ކުޅަދާނަ ނެށުންތެރިއެއްވެސްމެއެވެ. ތަފާތު ދައްކުވައިދެމުން އަންނަ ޒުވާން ޑައިރެކްޓަރެއްވެސްމެއެވެ.

ލިބުނު ކާމިޔާބީއާ ގުޅިގެން ރިޝްމީ އިންސްޓަގްރާމް ކުރި ޕޯސްޓެއް

މިވަގުތު ރިޝްމީ ހަރަކާތްތެރިވަމުން އަންނަނީ ބައިސްކޯފުގެ މަޝްހޫރު ސީރީޒް އެހެނަސް-02 ގެ ޝޫޓިންގައެވެ. ސީރީޒްގެ ފުރަތަމަ ސީޒަން ނިމުނު މަންޒަރުން ރިޝްމީ ފެނުނީ  ޝާއިރާގެ ކެރެކްޓާއިންނެވެ.

ރިޝްމީއަށް ތިޔަލިބުނު ކާމިޔާބީއަށް މުނިއަވަސް ފަޚްރުވެރިވަމެވެ. މަރުޙަބާ ކިޔަމެވެ. އެދެނީ އަބަދުވެސް ކާމިޔާބީއަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top