ދިވެހި ފިލްމުތަކާއި ޑްރާމާ ތަކުގައި މަންމަގެ ރޯލުން ފެންނަ އައިޝަތު ރަޝީދާ (ދިއްދޫ އައިސްތު)އަށް ހާޓްއެޓޭކެެއް ޖެހިގެން އިއްޔެގެ ވަގުތެއްގައި އިންޑިޔާގައި ނިޔާވެއްޖެއެވެ.
ދިއްދޫ އައިސްތު އަކީ މަޝްހޫރު ’އެސްޓާ އޯއްޔޭ‘ އިޝްތިހާރާއި ’ކޫލް ކުރާ ފަންކ ާ- އޮރިއަންޓް ފަންކާ‘ އިޝްތިހާރުންވެސް ފާހަގަކޮށްލެވިފައިވާ ހުނަރުވެރި ތަރިއެކެވެ. ޔޫސޭގެ ’ދިރިއުޅުމަކީ މީބާ؟’ގެ ބައެއް އެޕިސޯޑްތަކުންނާއި ޑްރާމާ އާއި ޑްރާމާ ސީރީޒްތަކުންވެސް އައިސްތުގެ ހުނަރުވެރި އެކްޓިން ފެނިފައިވެއެވެ.
ދިއްދޫ އައިސްތުއަކީ ސީރިއަސް ރޯލުތަކުގެ އިތުރުން ކޮމެޑީ ރޯލުތަކުންވެސް ވިދާލާފައިތަރިއެކެވެ. މީގެ އިތުރުން އައިސްތުއަކީ މަސައްކަތްތެރި ކަނބަލެއްވެސް މެއެވެ. އެގޮތުން ވިލިނގިލީގައި ގާޑިޔާ ވިޔަފާރި ކުރުންފަދަ މަސައްކަތްތަކުގައިވެސް ފިސާރި ކެރިގެން ހަރަކާތްތެރިވާތަން ފެނިފައިވެއެވެ.
އައިސްތު ނިޔާވިކަން އޭނާގެ އާއިލާ މީހަކާ ހަވާލާދީ ފިލްމީ ބައެއް ފަންނާނުން މުނިއަވަސް އަށް ޔަޤީންކޮށްދީފައި ވެއެވެ. އެނގިފައިވާ ގޮތުގައި، އައިސްތު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމަށް ސިއްހީ ފަރުވާ އަކަށް ގޮސް އުޅެނިކޮށެވެ.
”އެސްޓާސް މަންމަ“ގެ ނަމުން ފިލްމީ ދާއިރާގައި މުހާތަބުކުރާ އައިސްތު ކުޅެފައިވާ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި އަބްދުލް ފައްތާހް ގެނެސްދިން ”ހިނިތުންވެލާށޭ ކަލާ“ ފާހަގަކޮށްލެވެއެވެ.
އައިސްތުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި – އާމީން –
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




