[avatar user=”Zaanaa” size=”thumbnail” align=”left”]ޒާނާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް ވަރަށް ތަޖުރިބާ ހުރި އުއްމީދީ ލިޔުންތެރިއެކެވެ. ޒާނާ ގެ ވާހަކަ ‘މާާފުކުރާށޭ ކަލާ’ ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާާހަކަ އަކަށެވެ.[/avatar]

ތަފާތު ނަމެއް ދޯ އެވެ. ނަން އެކަންޏެއް ނޫނެވެ. މިއީ ތަފާތުވެސް ކުއްޖެކެވެ. ކަމީލާ އަކީ ބައިކުޅަބައި ދިވެއްސެކެވެ. ބައިކުޅަބައި ކެނޭޑިއަން އެކެވެ. ހޫރަލްޢީނެއް ފަދަ ރީތިކަމުގެ ލާމަސީލު ނަމޫނާ އެކެވެ. ތެދުވެރި ހިތެއްގެ ވެރިއެކެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި ކަމީލާ އަކީ ބޮޑު ކުށްވެރިއެކެވެ.

ކަމީލާ އަކީ ޒާނާ މިހާރު ލިޔަން ފަށާފައިވާ ސިލްސިލާ ވާހަކަ ‘ލޯބި ވެވުނީ އެވެ.’ ގެ އެއް ޞަޚްސިއްތު ނުވަތަ ކެރެކްޓަރ އެވެ. މި ވާހަކަ އަކީ ޒާނާ ލިޔާ ވަރަށް ތަފާތު ވާހަކަ އެކެވެ. ލޯބީގެ ބިރުވެރި ވާހަކަ އެކެވެ. އާއްމުކޮށް ދިވެހިންގެ ތެރޭގައި ފެންނަ މިފަދަ ވާހަކަތަކާއި މި ވާހަކަ ވަރަށް ބޮޑަށް ތަފާތު ކުރުމަށް ޒާނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ވާހަކައިގެ ކުރު ޚުލާޞާ އަކަށް ބަލާލާއިރު މިއީ ލޯބީގެ ތިނެސްކަން ވާހަކަ އެކެވެ. ނަމަވެސް ތަފާތު ގޮތަކަށް ލިޔަން މަސައްކަތްކުރާ ބިރުވެރި ވާހަކަ އަކަށް ވުމުން މިއީ އާދައިގެ ތިނެސްކަން ލޯބީގެ ވާހަކަ ތަކާއި ތަފާތު ވާހަކަ އަކަށް ވުމަކީ ޒާނާ ގެ ހުނަރުވެރިކަމަށް ބަލާއިރު ވެދާނެ ކަމެކެވެ.

‘ޙަޤީޤީ ލޯބީގެ މާނައަކީ ކާމިޔާބު ވުމެއް ނޫނެވެ. ބައެއް ފަހަރު ނާކަމިޔާބު ވުން ވެސް އެކަށީގެން ވެއެވެ. ޔުނާން އަށް އެ ޙަޤީޤަތް ވިސްނައިދިނީ ކަމީލާ އެވެ. ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ! ނަމަވެސް…. ފަރުދާގެ ފުރަގަހުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އެ ދެމީހުންނަކަށް ނޭނގެއެވެ. އެނގުނު ނަމަ އެވެ.’ މިއީ މި ވާހަކައިގެ ކުރުކުރު ޚުލާޞާ އެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.