މަރާތީ ސިނަމާގެ މަޝްހޫރު ފިލްމް މޭކަރ ސަމީރް ވިދްވަންގެ ސިޔާސީ ފިލްމް ‘ދުރާލާ’ ގެ އޮފިޝަލް ޓްރެއިލަރ ނިކުމެއްޖެ އެވެ.
ސަމީރްގެ އިންސްޓަގްރާމްގަވެސް ހިއްސާ ކޮށްފައިވާ މި ޓްރެއިލަރ އަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
މި ފިލްމުގެ ސިޔާސީ ލީޑަރުންގެ ގޮތުގައި ފެނިގެންދާ ތަރިންގެ ތެރޭގައި އަންކުޝް ޗޯދަރީ، އަމޭ ވަގް، އުމޭޝް ކަމަތު، ޕްރަސާދް އޯކް، ސޮނާލީ ކުލްކަރްނީ އަދި ސާއީ ތަމްހަންކާރް ހިމެނެއެވެ.
ފިލްމުގެ ޑައިރެކްޓަރ ސަމީރް، އީ ޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ފިލްމަކީ ސިޔާސީ ފިލްމެއް ކަމަށާއި މި ފިލްމުގައި ފެނިގެންދާ ކޮންމެ ސިޔާސީ ލީޑަރެއްގެ ރޯލަކީވެސް ވަރުގަދަ ރޯލެއް ކަމުގައެވެ.
‘ދުރާލާ’ ރިލީޒްކުރުމަށް ތާވަލް ކޮށްފައި ވަނީ 3 ޖަނަވަރީ 2020 ގައެވެ.
ކިޔުންތެރިންގެ ޚިޔާލު
