ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް ގެ ފައިނަލަށް އިބޫ އާއި ސްމައިލީ

ޗައިނާގެ ޝަންޓޮއު ގައި ނޮވެމްބަރު 17 އިން 24 ގެ ނިޔަލަށް ކުރިއަށްދާ، އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހުސައިން އަރީފް (އިބޫ) ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުން ސްމައިލީ ޖާގަ ހޯދާފައިވަނީ ޖަޕާން، ޗައިނާ އަދި ސްރީލަންކާގެ ރާޅާ އެޅުންތެރިންނާ ވާދަކޮށް މިއަދު ހެނދުނު ކުރިއަށް ދިޔަ ސެމީފައިނަލްގެ ފުރަތަަމަ ހީޓުން 2 ވަނަ ހޯދައިގެންނެވެ. އަދި އިބޫ ސެމީ ފައިނަލްގެ ޖާގަ އެއް ކަށަވަރުކުރީ ދެވަނަ ހީޓުން 2 ވަނަ ހޯދައިގެންނެވެ. މި ދެ ހީޓުން ވެސް އެއްވަނަ ހޯދާފައިވަނީ ޖަޕާނުގެ ރާޅާ އެޅުންތެރިންނެވެ.

މި މުބާރާތަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަަމަ ރާޅާ އެޅުމުގެ މުބާރާތް ކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން 4 ރާޅާ އެޅުންތެރިން ބައިވެރިވެފައިވާއިރު، އޭގެތެރެއިން 2 ރާޅާ އެޅުންތެރިން މިވަނީ ފައިނަލުން ޖާގަ ހޯދައިފައެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ރާއްޖޭގެ ދެ ރާޅާ އެޅުންތެރިން ތިބީ މުބާރާތް ކާމިޔާބު ކުރުމުގެ ފޮނި އުންމީދުގައެވެ.

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕުގެ އިތުރުން ރާއްޖެ ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ޖަޕާނުގައި އޮތް ވޯލްޑް ސާފިންގ ގޭމްސްގައި ބައިވެރިވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top