ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގައުމީ އަންހެން ބެޑްމިންޓަން ޓީމު އިންޑިއާ އަށް

އަންނަ ޑިސެމްބަރު މަހު 1 ވަނަ ދުވަހުންފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ގައުމީ އަންހެން ބެޑްމިންޓަން ޓީމު އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތައް ހެދުމަށްޓަކައި މިއަދު އިންޑިއާ އަށް ފުރައިފިއެވެ.

ފަހަކަށް އައިސް ގައުމީ އަންހެން ބެޑްމިންޓަން ޓީމުން ބައިނަލްއަގުވާމީ މައިދާނުގައި ދައްކަމުން އަންނަ މޮޅުކުޅުމާއި، ނެރެމުންދާ ނަތީޖާތަކުގެ ސަބަބުން ސައުތު އޭޝިއަން ގޭމްސް ގައި ރަނގަޅު ޗެލެންޖެއް ދެވޭނީ ހަމަ އެކަނި އަންހެން ޓީމަށް ކަމަށް ގަބޫލުކުރެވޭތީ، ބެޑްމިންޓަންގައި މިފަހަރު ރާއްޖެ އިން ވާދަކުރާނީ ހަމައެކަނި އަންހެން ޓީމު ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ސައުތު އޭޝިއަން ގޭމްސް ގައި ބެޑްމިންޓަން އިން ރާއްޖެއަށް އަދި މެޑެއްޔެއް ހޯދިފައި ނުވި ނަމަވެސް، މެޑަލް އަކާއި ހަމައަށް ދެވިދާނެ ކަމުގެ އުއްމީދު މިފަހަރު ވަަރަށް ބޮޑެވެ.

އިންޑިއާ އަށް ކުރާ މި ތަމްރީނު ދަތުރުގައި، އެ ގައުމުގެ ފާހަގަކޮށްލެވޭ ބައެއް ބެޑްމިންޓަން ކުޅުންތެރިންނާއެކު ރާއްޖޭގެ ކުޅުންތެރިން މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަންހެން ބެޑްމިންޓަން ޓީމު ސައުތު އޭޝިއަން ގޭމްސް އަށް ނޭޕާލަށް ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top