ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަބީޝޭކްގެ ކާފައަށް 112 އަހަރު ފުރުން ފާހަގަ ކޮށްފި

މަޝްހޫރު ފިލްމީ ތަރި އަބީޝެކް ބައްޗަން އަކީ ފިލްމުގެ ޝޫޓިންގ ތަކުގައި ވަރަށް އަވަދިނެތި އުޅޭ ތަރިއެއް ނަމަވެސް މީސްމީޑިއާގައި މިއަދު އަބީޝޭކްގެ ކާފަ ހަރިވަންޝް ރާއީ ބައްޗަންގެ ވަރަށް ކުރީގެ ފޮޓޯއެއް ހިއްސާ ކޮށްފައި ވެއެވެ.

އުމުރުން 43 އަހަރުގެ ހުނަރުވެރި އެކްޓަރ އޭނާގެ އިންސްޓަގްރާމްގައި އެ ފޮޓޯ ހިއްސާ ކޮށް، ބުނެފައި ވަނީ މިއަދަކީ ކާފަގެ 112 ވަނަ އުފަން ދުވަސް ކަމަށާއި، އަދިވެސް ކާފަ މަތިން ވަރަށް ހަނދާންވާ ކަމުގައެވެ.

އަބީޝޭކް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ‘ބޮބް ބިސްވާސް’ އިއުލާން ކޮށްފައެވެ. އެ ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޝާހްރުކް ޚާނެވެ. މި ފިލްމުގެ އިތުރުން ‘ދަ ބިގް ބުލް’ ގެ ޝޫޓިންގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

ހަރިވަންޝް ރާއީ ބައްޗަން ނުވަތަ އަމީތާބުގެ ބައްޕައަކީ ކުޅަދާނަ ޅެންވެރިއެކެވެ. ހިންދީ ބަހުގެ މޮޅު އަދީބެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top