އަންނަ ޑިސެމްބަރު މަހު  ވަނަ ދުވަހު 13 ވަނަ ސައުތު އޭޝިއަން ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވީނަމަވެސް، ވޮލީބޯޅަ އިވެންޓު އިއްޔެ ވަނީ ފަށާފައެވެ. އަންހެން ވޮލީބޯޅަ އިވެންޓުގައި ދިވެހިރާއްޖެ އާއި ޕާކިސްތާން އިއްޔެ ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗުގެ ކުރިން ޕާކިސްތާނުން، އެ ގައުމުގެ އަންހެން ޓީމުގެ ނަން އަނބުރާ ގެންދިއުމުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ރާއްޖެއަށް ކަށަވަރުވެއްޖެ އެވެ.

ޕާކިސްތާނާއި، ސްރީލަންކާއާ އެކު ގްރޫޕް ބީ ގައި ރާއްޖެ ހިމެނިފައި އޮތްއިރު، މީގެ ކުރިން 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސް ގައި ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ވަނީ ޕާކިސްތާން ބަލިކޮށް ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މާދަމާ ލަންކާ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ރާއްޖެ އަށް ޖާގަ ލިބޭނެއެވެ. 

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް އަންހެން ވޮލީބޯޅަ ޓީމު ދިޔައީ ލަންކާގައި ތަމްރީނުތައް ފުރިހަމަކުރުމަށްފަހުގައެވެ. އެންމެފަހުން ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީ ބޯޅަ ޓީމު ވަނީ ރިހި މެޑަލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.