ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަވަތި” ހެދި އައިފިލްމްސްގެ ދެވަނަ ފިލްމުގެ ޓްރެއިނިން ފަށައިފި

ކާމިޔާބު ފީޗާ ފިލްމު “ބަވަތި” އުފެއްދި ޕްރޮޑަކްޝަން ހައުސް ‘އައިފިލްމްސް’ގެ ދެވަނަ ފީޗާ ފިލްމުގެ ޓްރެއިނިންތައް މިމަހުގެ 2ވަނަ ދުވަހު ފަށައިފިއެވެ.

މި ފިލްމުގެ އަންހެން ލީޑަށް މާޝަލް އާޓްސް ތަމްރީނުތަކެއްދޭ ފޮޓޯ އަކާއި ވީޑިއޯ ކްލިޕެއް އައިފިލްމްސް ވަނީ ދައްކާލާފައެވެ. މާޝަލް އާޓްސް ޓްރެއިނިން ދަސްކޮށްދެނީ ‘ޝިން އެޓެމީ މޯލްޑިވްސް’ އިންނެވެ.

https://www.facebook.com/588483497901727/posts/2579983475418376/?vh=e

އައިފިލްމްސް އިން މިވަގުތު ފިލްމުގެ ނަން ހާމަކޮށްފައި ނުވިޔަސް، މިމަހު 15 ވަނަ ދުވަހު ފިލްމުގެ ނަން ހާމަކުރާނެ ކަމަށް އައިފިލްމްސް އިން މުނިއަވަސް އަށް ބުންޏެވެ.

‘އައިފިލްމްސް’ގެ ދެވަނަ ފިލްމުގެ ލީޑުން ފެނިގެންދާނީ ފިލްމު “ބަވަތި”ގެ ލީޑުން ހުނަރުވެރި އެކްޓިން އެއް ދެއްކި ނުޒުހަތު ޝުޢައިބް އާއި އަށްވަނަ ފިލްމު އެވޯޑްސް އިން އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑް ހޯދި ޖުމައްޔިލް ނިމާލް އެވެ.

ނުޒޫ އާއި ޖުމަލްގެ އިތުރުން، މުޅިން އައު ފިރިހެން ފަންނާނެއްވެސް މި ފިލްމުން ތަޢާރަފްކުރާނެ ކަމަށްވެސް އައިފިލްމްސް އިން މަޢުލޫމާތު ދެއެވެ. އަލަށް ތަޢާރަފް ކުރަނީ ޝަރަފް ޢަބްދުﷲ އެވެ.

މި ފިލްމު ވެސް ޑައިރެކްޓް ކުރާނީ “ބަވަތި” އިން މޮޅު ޑައިރެކްޝަން އެއް ދެއްކި އިލްޔާސް ވަހީދު (އިއްލި) އެވެ. އެސިސްޓް ޑައިރެކްޓަރަކީ “ބަވަތި”ގެ ފިރިހެން ލީޑް ކުޅުނު އިފްނާޒް އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ “ބަވަތި”ގެ ވެސް ޕްރޮޑިއުސަރުންނެވެ.

އައި ފިލްމްސްގެ ދެވަނަ ފިލްމުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top