ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެމްޕޭން އެމްބެސެޑަރަކަށް ފުރަތަމަ ފަހަރަށް ކާޓޫން ކެރެކްޓަރ އެއް

ދިވެހިރާއްޖޭގައި ކެމްޕޭން އެމްބެސެޑަރަކަށް ފުރަތަމަ ފަހަރަށް ކާޓޫނު ކެރެކްޓަރ އެއް ހަމަޖައްސައި އެ ކެރެކްޓަރ ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް އިންފޮމޭޝަން ކޮމިޝަނުން އިއްޔެ ފެއްޓެވި “މާއްދާ 29 – މިވެސް ޙައްޤެއް” ކެމްޕޭނުގެ ދަށުން ބޭނުންކުރަން ފަށާފައިވަނީ މަޝްހޫރު މާކަނާ ޝޯވ ގެ ކެރެކްޓަރ ދޫނި ރާއްޖޭގެ ރައީސް “އަބޫ” އެވެ.

ދޫނި ރާއްޖޭގެ ރައީސް “އަބޫ” / ފޮޓޯ: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

މި ކެމްޕޭނާއިގުޅޭގޮތުން, އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ މުނިއަވަސް އަށް ވިދާޅުވީ މިއީ ރާއްޖޭގައި ކެމްޕޭނެއްގެ އެމްބެސެޑަރަކަށް ކާޓޫނު ކެރެކެޓަރ އެއް ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށެވެ.

“މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު”ގެ ގާނޫނަށް ހޭލުންތެރިކޮށް އަދި އަހުލުވެރިކުރުމަށްޓަކައި “މާއްދާ 29-މިވެސް ހައްގެއް”ގެ ނަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭން އިފްތިތާހުކުރުމުގެ ހަފްލާގައި ދައްކާލެވުނު ހާއްސަ ވީޑިއޯ ކްލިޕުން ކެމްޕޭނުގެ އެމްބެސަޑަރު ތައާރަފުކޮށްފިއެވެ.

https://www.facebook.com/icom.mv/videos/1400590910105745/?v=1400590910105745

އެގޮތުން އެމްބެސަޑަރުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މަޝްހޫރު ޓީވީ ޕްރޮގްރާމް “މާކަނާ ޝޯ”ގެ ކެރެކްޓަރ “އަބޫ” އެވެ.

“ޔާމީން މިކަން ކޮށްފައިވަނީ ވަރަށް ފުރިހަމައަށް، މީހުން ޝައުޤުވެރިވާ ގޮތަށް، “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު” ގެ ޤާނޫނުގެ މުހިންމުކަން ވަރަށް ފުރިހަމައަށް ގެނެސްދީފައިވޭ.” އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top