މިސް ވޯލްޑް 2019 އަށް ހޮވިފައިވަނީ ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ 23އަހަރުގެ ޓޯނީ އޭން ސިންގެވެ.
ޓޯނީ އަކީ ސައިކޮލޮޖީ އަދި ވިމެން ސްޓަޑީޒްއިން ގުރެޖްއޭޓް ވެފައިވާ މީހެކެވެ.
“ސެއިންޓް ތޯމަސް ޖެމެއިކާގެ ހުރިހާ އަންހެން ކުދިން އަދި ދުނިޔޭގައި އުޅޭ ހުރިހާ އަންހެން ކުދިންވެސް އަމިއްލަ ނަފްސައް އިތުބާރުކުރޭ. އަބަދުވެސް ތީ ގާބިލު މީހެއް ކަމަށް ގަބޫލުކޮށް ހުވަފެންތައް ހަގީގަތަށް ހެދުމުގެ ގާބިލް މީހެއް ކަމަށް ގަބޫލްކުރޭ! މި ތާޖަކީ އަހަރެންގެ ތާޖެއް ނޫން. މީތި މިއީ އެންމެންގެ ތާޖެއް” އޭނާ ޓުވިޓާގައި ހިއްސާ ކޮށްފައިވެއެވެ.

1963، 1976، އަދި 1993ގައި މިސް ވޯލޑް ލިބިފައިވަނީ ޖެމެއިކާއަށެވެ.
މިއަހަރު ވެގެން ގޮސްފައިވަނީ ކަޅު ނަސްލުގެ މީހުނަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. މިގޮތުން މިސް ޔޫއެސްއޭގެ ތާޖާއި މިސް ޓީން ޔޫއެސްއޭ އާއި މިސް އެމެރިކާ، މިސް ޔުނިވާސްގެ ތާޖުވެސް ވަނީ ކަޅު ނަސްލުގެ މީހުނަށް ލިބިފައެވެ.
