ބޮލީވުޑްގެ މަގުބޫލުތަރި ދީޕިކާ ހޮލީވުޑުގެ ބަތަލް ވިންޑީސަލްގެ “ޓުރިޕަލް އެކްސް” ފުރަންޗައިޒްއިން ފެނިގެންދާނެކަމަށް ވަނީ އިއުލާން ކޮށްފައެވެ.
ޑީސަލްވަނީ އޭނާގެ އިންސްޓަގްރާމްގައި ފުރަންޗައިޒްގެ ތިންވަނަ ފިލްމު “ޓްރިޕަލް އެކްސް” ރިޓާން އޮފް ޒަންޑާ ކޭޖްގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެފޮޓޯގެ ކެޕްޝަންގައި ފިލްމު “ޓްރިޕަލް އެކްސް”އިން ފެނިގެންދާނެ ތަރިންގެ ނަންތައް ލިޔެފައިވާއިރު ދީޕިކާގެ ނަންވެސް ހިމެނެއެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ދީޕިކާ ވަނީ، އޭނާ ހޮލީވުޑްގެ ފިލްމަކަށް ތައްޔާރު ވަމުން އަންނަކަމަށްވެސް ބުނެފައެވެ.
ކިޔުންތެރިންގެ ޚިޔާލު
