ކާމިޔާބު ފިލްމު ޑައިރެކްޓަރ ޑޭވިޑް ދަވަންގެ ކެރިއަރގައި މިހާތަނަށް 44 ފިލްމެއް ޑައިރެކްޓް ކޮށްފައިވާއިރު، އެންމެ ބޮޑު ގޮންޖެހުމަކީ “ކޫލީ ނަންބަރ1″ގެ ރީމޭކް ކަމަށް އޭނާ ބުނެފިއެވެ.
1995 ވަނަ އަހަރު ނެރެފައިވާ ކާމިޔާބު ފިލްމު “ކޫލީ ނަންބަރ1″ގެ ލީޑް ރޯލުން ގޯވިންދާ އާއި ކަރިޝްމާގެ މޮޅު އެކްޓިން ފެނިގެން ގޮސްފައިވާއިރު އެފިލްމުވެސް ޑައިރެކްޓް ކޮށްފައިވަނީ ޑޭވިޑް ދަވަންއެވެ.
ފިލްމު “ކޫލީ ނަންބަރ1″ގެ ރީމޭކިންގެ ޝޫޓިންތައް މިހާރު ފެށިގެން ކުރިއަށް ދާއިރު، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޑައިރެކްޓަރ ޑޭވިޑް ދަވަންގެ ދަރިފުޅު ވަރުން ދަވަން އާއި ސާރާ އަލީ ޚާންއެވެ.
މި ފިލްމާއި މެދު ޑޭވިޑް ދަވަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގޯވިންދާ އަދި ކަރިޝްމާ ގެނެސްދީފައިވާ ފަދަ އެކްޓެއް، ސާރާ އާއި ވަރުންއަށް ނުދެއްކިދާނެތީއެވެ. މީގެ އިތުރުން ކަރިޝްމާ އަދި ގޯވިންދާއަކީ އެކްޓް ކުރުމުގެ ދާއިރާއިން މޮޅެތި ޖާދޫގަރުން ފަދަ ބައެއްގެ ގޮތުގައި ޑޭވިޑް ވަނީ ފާހަގަ ކޮށްފައެވެ.
