މިއަހަރު ރިލީޒްކުރާ ހުރިހާ ފިލްމެއް ލީކްކުރަމުން ދާއިރު އެންމެފަހުން ރިލީޒްކުރި، ކާމިޔާބު ތަރި ސަލްމާ ޚާންގެ “ދަބަންގް ތިނެއް” ވެސް ވަނީ ލީކް ކޮށްލައިފައެވެ.
ރިލީޒް ކުރާ ކޮންމެ ފިލްމެއް ލީކް ކުރަމުންދާ މި ދުވަސްވަރުގައި ޕްރޮޑިއުސަރުންނާއި ބޮލީވުޑްގެ ތަރިންގެ އެންމެ ބޮޑު އެދުމަކީ އެފަދަ އަމަލުތައް ހިންގާ މީހުންގެ ކިބައިން ސަލާމަތްވެވޭނެ ގޮތެކެވެ. އެފަދަ ކުށްތައް ކުރާ މީހުނަށް ހައްގު އަދަބު ލިބުމެވެ. އެފަދަ މީހުނާ ދޭތެރޭގައި ވަރަށް ބޮޑު ކަންބޮޑުވުންތައް ހުރިކަން އެންމެންވެސް ދަނީ ފާހަގަ ކުރަމުންނެވެ.
ޕްރަބޫ ދޭވާ ޑައިރެކްޓް ކުރި ފިލްމު “ދަބަންގް ތިނެއް” ގައި ސަލްމާ ޚާން ފެނިގެން ދާނީ ޗުލްބުލް ޕާންޑޭގެ ރޯލުންނެވެ. މީގެ އިތުރުން ޗުލްބުލް ޕާންޑޭގެ މާޒީ ވަރަށް ތަފްސީލްކޮށް ފެނިގެން ދާނެއެވެ.
އެ ފިލްމުގައި ސަލްމާން ޚާން އާއެކު ފެނިގެން ދާނީ މަޝްހޫރު ނެށުންތެރިޔާ އަދި ބޮލީވުޑްގެ އަރަމުން އަންނަ ތަރި ސޮނާކްޝީ ސިންހާ އެވެ.
ބޮޑު ތަރުހީބެއް ލިބެމުންދާ އެ ފިލްމަށް މިހާތަނަށް ވަނީ 24 ކްރޯޑްގެ އާމްދަނީއެއް ލިބިފައެވެ. ހުކުރު ދުވަހު މި ފިލްމު ރިލީޒް ކޮށްފައިވާއިރު ދަބަންގްގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010ވަނަ އަހަރުގައެވެ.
