ބެލުންތެރިންގެ މަގުބޫލްކަން ހޯދާފައިވާ ބޮލީވުޑްގެ ވަރުގަދަ އެކްޓަރ ޝާހްރުކު ޚާން ރީތިވުމަށް ފަސްގަޑި އިރު ބޭނުން ވާކަމަށް އޭނާގެ އަނބިމީހާ ބުނެފިއެވެ.

“އަހަރެން ރެޑީ ވާން ފަސް މިނެޓް ނަގާއިރު ޝާހް އަށް ބޭނުންވޭ ފަސް ގަޑިއިރު.” ޝާހްގެ އަނބިމީހާ ގޯރީ ބުނެފައިވެއެވެ. މީގެ އިތުރުން ޝާހް ރީތިވުމަށް ވަކިން ހާއްސަ ކޮޓަރިއެއް ގޭގައި ހުންނަ ކަމަށްވެސް ގޯރީ ވަނީ ބުނެފައެވެ.

“ގިނައިން ލަނީ ކަޅު ސޫޓް. ކޮންމެ ފަހަރަކު ކަޅު ސޫޓް ލާތީވެ ތަފާތު ގޮތަކަށް ފެންނަހެން ތައްޔާރު ވާން ވާނެއެއްނު.” ޝާހް ބުނެފައިވެއެވެ. މީގެ އިތުރުން ޝާހް ބުނީ އޭނާ އާންމުކޮށް ލަނީ އެއް ހެދުން ތަކެއްކަމަށެވެ.

ޝާހް އާއި ގޯރީއަށް ވަނީ 2 ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.